އަގުތަކަށް ގެނައި ބަދަލުތަކުގެތެރޭގައި މާލެއާއި ހުޅުމާލޭގެ އެތެރޭގެ ޓެކްސީ ދަތުރުތަކަށް ނެގޭނީ 25 ރުފިޔާއެވެ. މާލެއާއި ހުޅުލެ އަދި ހުޅުމާލެއާއި ހުޅުލެއާ ދެމެދުގެ ދަތުރު ތަކަށް ނެގޭނެ އެންމެ ބޮޑު އަގެއްގެ ގޮތުގައި ވަނީ 60 ރުފިޔާ ކަނޑައަޅާފައެވެ.
މީގެ އިތުރުން ހުޅުމާލެ ފިޔަވަހި 1 އާއި ފިޔަވަހި 2 އާ ދެމެދު ކުރާ ދަތުރު ތަކަށް ނެގޭނީ 40 ރުފިޔާއެވެ. އަދި މާލެއިން ހުޅުމާލެ ފިޔަވަހި 1އަށްނެގޭ އަދަދަކީ 75 ރުފިޔުާގެ ގޮތުގައި ހަމަޖައްސާފައިވާއިރު، ހުޅުިލެއިން ހުޅުމާލެ ފިޔަވަހި 2 އަށްވެސް ނެގޭނީ 75 ރުފިޔާއެވެ.
މީގެ އިތުރުން ހުޅޫމާލެ ފިޔަވަހި 2 އާ މާލެއާ ދެމެދުގެ ދަތުރުތަކަށް ނެގޭ ނެ އެންމެ ބޮޑު އަދަދަކީ 90 ރުފިޔާއެވެ.
ޕޮލިހުން ބުނެފައިވަނީ މި އަގުތަކާ ހިލާފަށް އަގު ނަގާ ފަރާތްތަކާ މެދު ގާނޫނީގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.