ads
އެމްޑީޕީ ގައުމީ މަޖިލިސް-- ފޮޓޯ: އެމްޑީޕީ
ޗެއާޕާސަންގެ އިންތިޚާބުގެ ތާރީޚަށް ބަދަލު ގެނައުމުގެ ޖަލްސާ މާދަމާރޭ
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގެ ތާރީޚަށް ބަދަލު ގެނައުމާގުޅޭ ގޮތުން މާދަމާރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

މި ޖަލްސާ ތާވަލްކޮށްފައި މިވަނީ ޗެއާޕާސަންގެ އިންތިޚާބު ބާއްވަން ކަނޑައަޅާފައިވާ ތާރީޚާއި ގުޅޭ ގޮތުން ކެންޑިޑޭޓުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާތީ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައިގެން އެކަމަށް ގޮތެއް ނިންމަން އެމްޑީޕީގެ އިންތިޚާބާބެހޭ ކޮމިޓީން އެދުމުންނެވެ.

އެމްޑީޕީން މިއަދު ބުނީ ‏ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ ތިންވަނަ ޖަލްސާ މާދަމާރޭ 20:30 ގައި އިމާދުއްދީން ސްކޫލް ހޯލްގައި އޮންނާނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބުގެ އިތުރުން އަންހެނުންގެ ރޫހުގެ އިންތިޚާބާއި, ޒުވާނުންގެ ހިތްވަރު އިންތިޚާބު އަންނަ އޭޕްރީލްމަހުގެ 16 ގައި ބާއްވަން ފާސްކުރީ މިދިޔަ ފެބްރުއަރީ 10 ވަނަ ދުވަހުގައެވެ.

މި އިންތިޚާބުގައި ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލާއި, މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.

އިންތިޚާބު ބާއްވާނެ ތާރީޚަށް ބަދަލު ގެންނަނަމަ, އިންތި ބޭނުންވެވަޑައިގަންނަވަނީ ރޯދައިގެ ކުރިއަށް ހެދުމަށެވެ. ނަމަވެސް ފައްޔާޒު ބޭނުންވެވަޑައިގަންނަވަނީ ރޯދައިގެ ފަހުން އިންތިޚާބު ބޭއްވުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް