ads
ވައްޑެގެ ކެމްޕެއިންގައި އިބޫ
ޕީޕީއެމްއިން ކަންކުރާާ އުސޫލަށް އިންތިހާބުތަކާއި ކުޅެން އުޅޭތީ ވަރަށް ކަންބޮޑުވޭ: ވައްޑެ
ޕީޕީއެމްއިން ކަންކުރާާ އުސޫލަށް އިންތިހާބުތަކާއި ކުޅެން އުޅޭތީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާކަމަށް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ގެ ކެމްޕޭން ސްޕޯކްސް ޕާސަން އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅު ވެއްޖެ އެވެ.
Advertisement

ޗެއާޕާސަން އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް އަންގާރަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ އެމްޑީޕީން އެންމެ ގިނައިން މުޒާހަރާކުރީ އިންތިހާބު އަވަސްކުރަން ގޮވާލުމަށްޓަ އެވެ. އެ ގޮތުން އެކި ޝިއާރުތަކާއި ޕޯސްޓަރުތައް ހަދައިގެން ވަރަށް ގިނަ މަސައްކަތް ކުރެވުނުކަމަށް ވައްޑެ ވިދާޅުވި އެވެ.

އެމްޑީޕީން އެންމެ ގިނައިން މުޒާހަރާ ކުރީ އިންތިހާބު އަވަސްކުރަން ކިޔާފައި. ކޮބާ ކޮބާ މަގޭ ވޯޓު ކިޔާފައި. ވޯޓުން އުފާވެރިކަން ކިޔާފައި. ޝިއާރުތައް ހަދައިގެން ޕޯސްޓަރުތައް ހަދައިގެން އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރިން- ވައްޑެ

އިންތިގެ ކެމްޕޭނަށް އިޝާރަތްކުރައްވަމުން ވައްޑެ ވިދާޅުވީ މާލޭ ސިޓީ އާ އެހެނިހެން ރަށްރަށުގައި ކުރެވުނު ކެމްޕޭނުން އެނގިގެން ދިޔައީ އެމްޑީޕީގެ ގިނަ އާންމު މެންބަރުންނަށް އުންމީދެއް ލިބިގެންދާކަން ކަމަށެވެ. ހަމައެހެންމެ ފެނިގެންދަނީ އާންމު މެންބަރުންނަށް ޖޯޝާއި ފޯރިއެއް އަންނަ ތަން ކަމަށެވެ.

"އެހެން ވީމަ އެ ޖޯޝު އަނެއްކާ ކަނޑުވާލައި އެ އުންމީދު އަނެއްކާ ދުއްވާލަން މި އިންތިހާބުގެ ނަތީޖާ, ގޮތްގޮތަށް މާޔޫސްކޮށްގެން ޝައްކު އުފައްދާ ވަހުމަށް ޖާގަދޭން އިންތިހާބު ލަސްކުރަން އުޅޭ އުޅުން ކުށްވެރިކުރަން." ވައްޑެ ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު ޢަބްދުﷲ ޝަފީގް ވިދާޅުވި ގޮތުގައި އިންތިހާބުގެ މުއްދަތު ދިގުލައިގެން ދަނީ ނަމަ ވަރަށް ގިނަ ބޭއިންސާފު ކަންކަން ހިނގާނެ ކަމަށާއި, މިހާރު ވެސް އެބަ ހިނގާ ކަމަށެވެ.

ހޫނުވެ އެތައް ފާޑު ކިޔުމެއް ދެ ފަރާތަށް ވެސް އަމާޒުވި ރޭގެ ޖަލްސާގައި ފާސްކުރީ 14 މެއިގައި އިންތިހާބު ބޭއްވުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް