ads
މިއަދުގެ ޖަލްސާގައި ސަލީމް ރިޔާސީ ބަޔާނަށް ރައްދު ދެއްވަނީ. ފައިލްފޮޓޯ
ރިޔާސީ ބަޔާނުގައި އަމާޒެއް ނެތް، އެއީ ޒިންމާދާރުކަން ކުޑަ އަމަލެއް: ސަލީމް
މި އަހަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބަޔާނުގައިވަނީ އަމާޒެއްނެތް ވާހަކަަތަކެއްކަމަށް ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
Advertisement

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަލީމް ވިދާޅުވީ ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަމުގެ މައްޗަށް ރިޔާސީ ބަޔާނެއް ކޮންމެ އަހަރެއްގެ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވަވަންވާނެކަމަށް ކަމަށް ބަޔާންކޮށްފައި އޮންނަ ކަމަށެވެ. 

ނަމަވެސް 2022 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު އެކަށީގެންވާ ގޮތެއްގައި ބަޔާންކޮށްދެއްވެވިފައިނުވާކަން ފާހަގަކުރައްވާ ކަމަށެވެ.

ރިޔާސީ ބަޔާނުގެ ނަމުގައި 2022 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވީ ސިޔާސީ ބަޔާނެއް- ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ރައީސް ސޯލިހުގެ ރިޔާސީ ބަޔާނުގައި ދެއްކެވި ގިނަ ވާހަކަފުޅުތަކަކީ ނަތީޖާ ނުނެރެވޭނެ ކަހަލަ ވާހަކަފުޅުތަކެއް ކަމަށެވެ. އަދި އެއީ އެއްވެސް ކަހަލަ ރޭވުންތެރިކަމެއް ނެތް ދުރު ރާސްތާގެ އަމާޒެއްނެތި ދެއްކެވި ހުސް ވާހަކަފުޅުތަކެއް ކަމަށާއި, މިއީ ޒިންމާދާރުކަން ކުޑަ އަމަލެއް ވެސް ސަލީމް ވިދާޅުވިއެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވަނީ ދިވެހި ޒުވާނުންނާއި ހުނަރުވެރިންގެ މަސައްކަތާއި, ވިޔަފާރިތައ ބައިނަލްއަގްވާމީ މާކެޓަށް ހުޅުވެން އެބަޖެހޭކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށް އޮތް ހުރަހަކަށް މިހާރު އޮތީ ބައިނަލްއަގްވާމީ ޕޭމަންޓް ގޭޓްވޭ ކަމަށާއި, އިރާދަކުރެއްވިއްޔާ އެ ގޭޓްވޭ ހުޅުވައި ދިވެހި ހުނަރާއި, ފަންނާއި, ވިޔަފާރި ދުނިޔެއަށް ފެތުރިގަތުމަށް ހުރި ހުރަސްތައް ސަރުކާރުން ނައްތާލާނެ ކަމަށެވެ.

އޭގެ އިތުރުން ގައުމެއްގެ ތަސްވީރަކީ އެ ގައުމެއްގެ ފަންނާނުން އުފައްދާ އެއްޗެއް ކަމަށާއި, ތާރީހާއި, ސަގާފަތާއި, އާދަކާދަ އުވުނަނުދީ ކުލަ ގެނުވައިދެނީ އެމީހުންގެ ކުލަފިއްސާއި, ރާގާއި ޅެންބަހުރުވައިންކަން ވެސް ރައީސް ސޯލިހު ވަނީ ފާހަގަކުރައްވައިފައެވެ. ނަމަވެސް ފަންނާނުންނަށް ބޭނުންވާ ކުރިއެރުމާ ގާތަށް ވެސް, އެމީހުން ގެނެސްދެވިފައި ނުވާކަމީ ހުސްކަމެއް ކަމަށާއި, އެ ހުސްކަން ފުރާލުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާކަމަށް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް