ads
އެމްޕީއެލް މުވައްޒަފުންތަކެއް--
ނަފްސާނީ ދުޅަހެޔޮކަމަށް އިނާޔަތްތަކާއިއެކު 7 ދުވަހުގެ ޗުއްޓީއެއް ދެނީ!
ދިރިއުޅުމުގައި ކުއްލިއަކަށް ދިމާވާ ހާދިސާތަކާއި ގުޅިގެން ލިބޭ ނަފްސާނީ ގެއްލުންތަކާއި ގުޅިގެން އެކަމުން އަރައިގަތުމަށް ހަތް ދުވަހުގެ ޗުއްޓީއެއް މުވައްޒަފުންނަށް ދޭން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފި އެވެ.

މި ޕޮލިސީ އިފްތިތާހުކުރީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެ އެމްޕީއެލްއިން ބޭއްވި ހަފްލާގައެވެ. 

މިއީ، މުވައްޒަފުންގެ ދިރިއުޅުމުގައި ދިމާވާ ޓްރައުމާ ތަކުން އަރައިގަތުމަށާއި މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވުމުގެ ގޮތުން ހުރިހާ އިނާޔާތްތަކެއް ލިބޭ ގޮތަށް އެމްޕީއެލްއިން ތައާރަފްކުރި ޕޮލިސީއެކެވެ.

އެމްޕީއެލުން ބުނީ ނަފްސާނީ ދުޅާހެޔޮކަމާއި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާއި ވަަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމަށެވެ. އަދި ދިރިއުޅުމުގައި ދިމާވާ "ޓްރޯއުމާ" ތަކަކީ އިތުރު އެހީ އާއި އެކު އެކަމަކުން އަރައިގަނެވޭނެ ކަންކަން ކަމަށެވެ. އެމްޕީއެލް މުވައްޒަފުންނަށް ދޭ ހަތް ދުވަހުގެ ޗުއްޓީއަކީ އެ މުވައްޒަފެއްގެ ނަފްސާނީ ދުޅަހެޔޮ ކަމަށްޓަކައި އެހީތެރި ވުމުގެ ގޮތުން ކުންފުނީގެ ފަރާތުން ދޭ ޗުއްޓީއެއް ކަމަށެވެ.

މިފަދަ ޗުއްޓީތައް ދޭ ހާލަތްތަކަކީ

  1. ޓްރޯއުމާ
  2. މާބަނޑު މުވައްޒަފެއް ދަރި ބައިގެން ދިއުން
  3. މުވައްޒަފެއްގެ ދަރި އެއް ނިޔާވުން
  4. މުވައްޒަފެއް ދިރިއުޅެމުން އަންނަ ގެ އަލިފާނުގެ ކާރިސާ އަކުން ގެއްލުއްވެ ސަރުކާރުގެ ވަގުތީ ހިޔާ އަށް ބަދަލުވުން
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް