އިންޑިއާ ނޫސްތަކުން ބުނާގޮތުގައި ޖަގަން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އަކްޝޭ ކުމާރެވެ. އޭގެ އިތުރުން އޭނާ ވަނީ ޖަގަންގެ ހުރިހާ ބޭސްފަރުވާ ހަރަދުތަކާއި ހޮސްޕިޓަލުގެ ބިލްތައް ވެސް ދައްކާފައި ކަމަށް ހަބަރުތަކުން ބުނެއެވެ. އަދި ޖަގަންގެ ހާލު މިހާރު ރަނގަޅު ކަމަށް ވެސް ހަބަރުތަކުންވަނީ ބުނެފައެވެ.
މިޝަން މަންގަލް އަކީ ޖަގަން ފުރަތަމަ ޑައިރެކްޓުކުރި ބޮލީވުޑު ފިލްމެވެ. އެފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.
"މިޝަން މަންގަލް" އަކީ އިންޑިއާ އިން މާސް އަށް ދާން ކުރިއަށް ގެންދާ މިޝަން އަށް ބިނާކޮށް ހެދި ފިލްމެކެވެ.
ފިލްމުގައި ފެނިގެން ދިޔަ ތަރިންގެ ތެރޭގައި އަކްޝޭ ކުމާރާއި ތާޕްސީ ޕަންނޫ އާއި ސޮނާކްޝީ ސިންހާ އާއި ވިދްޔާ ބާލަން އާއި ކްރިތީ ކުލާރީ އާއި ނިތްޔާ މެނެން އަދި ޝަރްމަން ޖޯޝީ ހިމެނެ އެވެ.