ads
ސްރީލަންކާގެ ކޮލަމްބޯ އިންޓަނޭޝަނަލް އެއާޕޯޓް، ރަތުމަލާނާ
މޯލްޑިވިއަންގެ ދަތުރުތައް ލަންކާގެ ރަތުމަލާނާ އެއާޕޯޓަށް ފަށަނީ
ރާއްޖޭގެ ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަންގެ ދަތުރުތައް މި މަހުގެ ތެރޭގައި ސްރީލަންކާގެ ކޮލޮމްބޯ އިންޓަނޭޝަނަލް އެއާޕޯޓް، ރަތުމަލާނާއަށް ފެށުމަށް ނިންމާފައި ވާކަމަށް އައިލެންޑް އޭވިއޭޝަން އިން ބުނެފި އެވެ.
Advertisement

އައިލެންޑް އޭވިއޭޝަނުން ބުނީ، ރަތުމަލާނާ އެއާޕޯޓަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ، މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކަމަށާއި،  ސައުތު އޭޝިއާގެ ގައުމުތަކަށް ކޮލަންބޯ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާލުމާ އެކު އެ އެއާޕޯޓަށް ދަތުރު ފެށުމުގެ މަޝްވަރާތައް އައިލަންޑް އޭވިއޭޝަން އިން ކުރިއަށް ގެންދިޔަ ކަމަށެވެ. 

އެ އާޕޯޓާއި ކައިރި ސަރަހައްދުތަކުގައި ވަރަށް ގިނަ ދިވެހިން ދިރިއުޅެމުން ދާ ކަމަށާއި  ރަތުމަލާނާ އެއާޕޯޓަށް ދަތުރުތައް ފަށާ އެންމެ ބޮޑުއެއް ސަބަބަކީ އެއީ ކަމަށް ވެސް އައިލެންޑް އޭވިއޭޝަން އިން ބުނެފައެވެ. 

މި ދަތުރުތަކުން އެތަކެއް ދިވެހީންނަކަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަން. ގައުމީ އެއާލައިންގެ މަގްސަދަކީ އަބަދުވެސް ދިވެހިންނަށް ލުއިފަސޭހަ ގޮއްތަށް ހޯދައި ދިނުން- އައިލަންޑް އޭވިއޭޝަން 

މީގެ އިތުރުން އައިލަންޑް އޭވިއޭޝަން އިން ބުނީ، 29 މާޗު 2022، 31 މާޗު 2022 އަދި 13 އޭޕްރިލް 2012 ގެ
ދަތުރުތަށް ވަނީ ޝެޑިއުލް ކުރެވިފައި ކަމަށާއި، މޯލްޑިވިއަންގެ ވެބްސައިޓް އަދި މޯލްޑިވިއަންގެ މޯބައިލް އެޕްލިކޭޝަނުން ރަތުމަލާނާ އެއާޕޯޓަށް ދަތުރުކުރުމަށްޓަކައި ބުކިން ހެއްދުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. 

މޯލްޑިވިއަން އިން ރަތުމަލާނާ އެއާޕޯޓަށް ކުރާ ދަތުރު ތަކުގެ އަގު އަދި ހާމަ ކޮށްފައިނުވެއެވެ. މޯލްޑިވިއަން އިން ކުރިން ލަންކާއަށް ދަތުރު ކުރަމުން ދިޔައީ، ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;