ބޮލީވުޑުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރު ލީޑުން ފެނިގެންދާ އެފިލްމު ނެރެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
ހޮންގް ކޮންގް ގައި "ގުޑް ނިއުސް" އަޅުވަން އުޅޭކަން ޓުވިޓާ މެދުވެރިކޮށް އަކްޝޭ އަންގާފައިވާއިރު ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހު ކަމަށް ވެސް އަކްޝޭ ވަނީ ބުނެފައެވެ.
ކަރީނާ އާއި އަކްޝޭގެ އިތުރުން މި ފިލްމުން ދިލްޖިތް ދޮސަންޖް އާއި ކިއާރާ އަދްވާނީ ވެސް ފެނިގެންދެ އެވެ. އެފިލްމަކީ ކައިވެނި ކޮށްގެން އުޅޭ ދެ ޖޯޑެއްގެ ލޯބީގެ ހަޔާތް ދައްކުވައިދޭ މަޖާ ފިލްމެކެވެ