ads
އަލްހާން: ފޮޓޯ: ސަން
ސްކޭމެއް ހިންގާ ކަމަށް ތުހުމަތުކޮށް ކިންގްސް ފޮރެކްސްގެ އެކައުންޓް ފްރީޒް ކޮށްފި
މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދަމުން އަންނަ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ކުންފުނީ ކަމަށްވާ ކިންގްސް ފޮރެކްސް ޓްރޭޑިންގެ އެކައުންޓް ފްރީޒް ކޮށްފި އެވެ.
Advertisement

އެމްއެމްއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުޑަ ދުވަސްކޮޅެއް ތެރޭ ބޮޑު ފައިދާއެއް ހޯދައި ދޭނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ނަގައިގެން ރާއްޖޭގައި ބޮޑު ފްރޯޑެއް ހިންގަމުން ދާކަމަށާއި އެހެން ކަމުން ހުރިހާ ފަރާތްތަކުން ވެސް އެކަމަށް ހާއްސަ ސަމާލުކަމެއްދީ އެކަމަށް ފައިސާ ނުދިނުމަށް ވަނީ އެދިފައެވެ. 

އެމްއެމްއޭއިން އިއްޔެ ނެރުނު ބަޔާނުގައި ވަކި ކުންފުޏެއްގެ ނަން ހާމަ ކޮށްފައި ނުވެއެވެ. އެހެން ނަމަވެސް އެ ބަޔާން ނެރުނުތާ ކުޑަ ވަގުތުކޮޅެއް ތެރޭ، އަލްހާން ފަހުމީގެ ކިންގްސް ގެ އެކައުންޓު ވަނީ ފްރީޒްކޮށްފައެވެ. 

މިކަމާއި ގުޅިގެން އެކުންފުނިން ކުރި ޓުވީޓެއްްގައި ބުނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓިން ނުސީދާކޮށް ކުންފުންޏަށް އަމާޒުކޮށް ކުންފުނިން ފްރޯޑެއް ހަދަމުންދާ ކަމަށް ދޭހަވާގޮތަށް، ކުންފުނި ބަދުނާމުވާގޮތަށް ބަޔާންނެރެ ކުންފުނީގެ ގުޑްވިލް ހަލަކުކޮށްލާ، އަގުވައްޓާލާ އިތުބާރު ގެއްލޭ ގޮތަށް ނެރުނު އަންޕްރޮފެޝަނަލް ބަޔާން ކުށްވެރިކުރާ ކަމަށެވެ. 

ކިންގްސް ކުންފުނީގެ ވެރިޔާ އަލްހާން މިކަމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހި ދައުލަތުގެ މާލީ ނިޒާާމާއި ބޭންކިން ސިސްޓަމް އިސްލާހު ކުރަންޖެހޭ ކަމަށާއި، ޒަމަނީ ވިޔަފާރިއަށް ޖާގަދޭން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި ހުރަސް އެޅުމުގެ ބަދަލުގައި ގާނޫނީ ގޮތުން އެކަންކަން ފަހި ކޮށްދިނިމުގެ ބަދަލުގައި ހުރަސް ނޭޅުއްވުމަށް ދައުލަތުގެ މުއައްސަސާތަކަށް އަލްހާން ވަނީ ގޮވާލާފައެވެ. 

ފައިދާ ވާނެ އެކި ކަހަލަ ސްކީމްތަކަށް ކަމަށް ބުނެ އާންމުންގެ ކިބައިން ނަގާ ފައިސާއިން އެ ފަރާތްތަކަށް އިންވެސްޓްކޮށްދިނުމުގެ ބަދަލުގައި، އެ ފައިސާ ބޭނުން ކުރަނީ އަމިއްލަ ބޭނުމަށް ކަމަށާއި، ކުރީކޮޅުގައި ބައިވެރިވާ ފަރާތްތަކަށް ފައިސާ ދެނީ އޭގެ ފަހުން ބައިވެރިވާ ފަރާތްތަކުގެ ފައިސާއިން ކަމަށް އެމްއެމްއޭއިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. 

އެހެން ނަމަވެސް ކިންގްސް އިން ކުރިއަށް ގެންދާ ސްކީމްގައި ބައިވެރިވެފައި ތިބި ގިނަ ފަރާތްތަކަކުން ވަނީ، އެ ސްކީމަކީ ވަރަށް ފައިދާ ހުރި ސްކީމެއް ކަމަށާއި، އެކަމުގެ ސަބަބުން އަދި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުން ވެފައި ނުވާކަމަށް ބުނެފައެވެ. 

 

20%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
16%
ސަތޭކައަކުން ސުމެއް
52%
ވަރަށް ސަލާމް
ކޮމެންޓްސް