ads
މުއާ އާއި ކައިވެނިކުރަން އައްޒަ ރަން ކިޔުމަށް ބޭއްވި ހަފްލާގެ ތެރެއިން
މުއާއާ ކައިވެނިކުރަން އައްޒަ ރަން ކިޔައިފި
މަޝްހޫރު ފިލްމީ ދެ ތަރިން ކަމަށްވާ އަބްދުﷲ މުއާޒު (މުއާ) އާއި މަރިޔަމް އައްޒަ (އައްޒަ) ކައިވެނި ކުރުމަށް މިއަދު ރަން ކިޔައިިފި އެވެ.
Advertisement

މި ދެ ތަރިން ރަން ކިޔާފައިވަނީ ވިލިމާލޭގައި މި ދެ ތަރިންގެ އާއިލާއާ އެކު މިއަދު ބޭއްވި ކުޑަ ހަފްލާއެއްގަ އެވެ.

ވިލިމާލޭގެ ބީޗް ސަރަހައްދުގައި ބޭއްވި މި ހަފްލާގައި މުއާ އާއި އައްޒަ ތިބީ ދިވެހިވަންތަ ހެދުމުގަ އެވެ. އެގޮތުން އައްޒަ ލިބާހެއް ލައިގެން ހުރި އިރު މުއާ ހުރީ ހުދު މުންޑަކާއި ހުދު ގަމީހެއް ލައިގެންނެވެ.

އައްޒަ ރަން ކިޔާފައިވާ 30 ރުފިޔާ އަށް ކަމަށް މައުލޫމާތު ލިބެ އެވެ.

މުއާއާއި އައްޒަ ލޯބީގެ ގޮތުން ގުޅުނީ މި ދެ ތަރިން އެކުގައި ފެނިގެން ދިޔަ މުއާގެ ފިލްމު "ލީނާ"ގެ ޝޫޓިންއަށް ފަހު އެވެ. 

އައްޒައާއި މުއާ ވެސް މީގެކުރިން ކައިވެންޏެއް ކޮށްފައިވާއިރު ދެ މީހުންނަށް ވެސް ކުރީގެ ކައިވެންޏަށް އެއް ކުއްޖަކު ލިބިފައިވެ އެވެ. 

މުއާ އާއި ކައިވެނިކުރަން އައްޒަ މިއަދު ރަންކީ ނަމަވެސް މި ދެ ތަރިން ކައިވެނިކުރާނެ ވަކި ދުވަހެއް މިއަދު ހާމަކޮށްފައެއް ނުވެ އެވެ.

37%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
28%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް