ads
އަބަދުވެސް ހުންނަނީ ވަރުބަލިވެފަތަ؟
ހިންދުސްތާންޓައިމްސް- އަބަދުވެސް ވަރުބަލިކަން އިހުސާސްކުރެވޭތަ؟ ނުވަތަ މަސައްކަތުގެ މާހައުލުގައި ސަމާލުކަން އެހެން ދިމާއަކަށް ހުއްޓިފައި ހުރޭތަ؟ ނުވަތަ އަބަދުވެސް އޮށޯވެލައިގެން އޮންނަ ހިތްވޭތަ؟ މިއީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. އަދި މީގެ މާނައަކީ ހަށިގަނޑަށް އެކަށީގެންވާ މިންވަރަށް ހަކަތަ ނުލިބޭ ކަމެވެ.
Advertisement

ތިރީގައި މި ހިމަނާލަނީ ހަށިގަނޑަށް ބޭނުންވާވަރުގެ ހަކަތަ ލިބިދިނުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ. 

ނިދުމަށް ހޭދަކުރެވޭ ވަގުތާއި މެދު ސަމާލުވާށެވެ. 

ހަށިގަނޑަށް މަދުވެގެން އަށް ގަޑިއިރުގެ ނިދި ބޭނުންވެއެވެ. ނިދުމުގެ ކުރިން ކުޑަކޮޮށް ކަސްރަތުކޮށްލައި، ސިކުނޑި ހަމައަކަށް އެޅުވުމަށްފަހު ނިދަން އެނދަށް އަރާށެވެ. އަދި މީގެ އިތުރުން، ނިދުމުގެ މަދުވެގެން އެއް ގަޑިއިރު ކުރިން އެއްވެސް ވަރަކަށް ސްކްރީންތަކަށް ނުބެލުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.

ނަފްސާނީ ގޮތުން ސްޓްރެސް ވުމަކީ އަހަރުމެންގެ ނަފްސު ވަރުބަލިކޮށްލާ ކަމެކެވެ. ތިބާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަބަދުވެސް ސަމާލުކަން ދޭން ހަނދާން ނައްތާނުލާށެވެ. ހަށިގަނޑާއި ސިކުނޑި އަށް ލުޔެއް ލިއްބައިދިނުމަށްޓަކައި މެޑިޓޭޓް ނުވަތަ ކަސްރަތު ކުރަން މަސައްކަތް ކުރާށެވެ.

ހަށިގަނޑު ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށް ނަފްސާނީ ދުޅަހެޔޮކަމަކީ ވެސް ހަމަ އެހާމެ މުހިންމު ކަމެކެވެ. ދުވާލު ގަޑީގައި ކަނޑައެޅިފައިވާ ވަގުތުގައި ކިޔެވުމަށް ނުވަތަ މަސައްކަތް ކުރުމަށް ހޭދަކުރާށެވެ. އަދި އޭގެ ފަހުން އަމިއްލަ ނަފްސު ހުރިހާ ކަމަކުން ދުރުހެލިކޮށްލައި މިނިވަންކަން މަތީ ބެހެއްޓުމަށް މަސައްކަތް ކުރާށެވެ.  

މީހުންނާއި އެއްކޮށް އުޅެލުމުން މާ ބޮޑަށް ވަރުބަލިކަން އިހުސާސްވޭތަ؟ 

ނުވަތަ އަބަދު އެކަނިވެރިކޮށް ހުންނަ ހިތްވާ މީހެއް ނަމަ އެންމެ ރަނގަޅު ގޮތަކީ ކޮންމެ ދުވަހަކު ވެސް އަމިއްލަ ނަފްސަށް ވަކި ވަގުތުކޮޅެއް ދިނުމަށް ފަހު އެހެން މީހުންނާއި އެކުވެސް އެއްކޮށް އުޅެލައި ހަށިގަނޑު ހަކަތަވެރި ކޮށްލުމެވެ. 

ތިބާގެ ސިކުނޑި ތާޒާ ކޮށްލުމަށް އެންމެ ކުރާ ހިތްވާ ކަހަލަ ކަމެއް ކުރާށެވެ. ކޮންމެ ހަފްތާއަކު ވަކި ވަގުތުކޮޅެއް އަމިއްލަ ނަފްސަށާއި ކުރާ ހިތްވާ ކަމަށް ހުސްކޮށްފައި ބަހައްޓާށެވެ. މިގޮތަށް ކުރެވިދާނެ އެކި ކަހަލަ ކަންތަކުގެ ތެރޭގައި ގުރުއާން ކިޔެވުމާއި، ކުރެހުމާއި، ގަސް އިންދުން ފަދަ ކަންތައް ހިމެނެއެވެ. މި ކަހަލަ ކަންތައް ކުރުމަކީ އަހަރުމެންގެ ހަށިގަނޑާއި ސިކުނޑި ހަކަތަވެރިކޮށް ބަހައްޓައި ދިނުމަށް އެހީތެރިވެދޭ ކަންތައްތަކެވެ. 

ދަތުރަކު ދާށެވެ. ދަތުރުކުރުމަކީ އަހަރުމެންގެ ސިކުނޑިއާއި ނަފްސު ތާޒާކޮށްލައި އަލުން އަނބުރާ މަސައްކަތަށް ނުކުތުމަށް އާ ހިތްވަރެއް ލިބިގެންދާ ކަމެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް