ads
ފޮޓޯ/ގޫގްލް
ރާއްޖޭގައި ކުޅުނު ކެޓްރީނާގެ ޖޫސް އިޝްތިހާރު އާއްމުކޮށްފި
ބޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ ބަތަލާ ކެޓްރީނާ ކައިފް ރާއްޖެ އައިސް ނެގި "ސްލައިސް"ގެ އިޝްތިހާރު އާންމުކޮށްފި އެވެ.
Advertisement

ރާއްޖޭގެ ފިނޮޅެއްގެ ހިތްގައިމު މަންޒަރުތަކެއް ފެންނަ އިޝްތިހާރު ކުޅެފައިވަނީ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ފިލްމް "ގެހެރާއިޔާ" އިން މަޤްބޫލުކަން ހޯދި ތަރި ދައިރްޔާ ކަރްވާއާއި އެކު ކެޓްރީނާ ކުޅެފައިވާ އިޝްތިހާރުގައި ރާއްޖޭގެ ފިނޮޅެއްގެ ހިތްގައިމު މަންޒަރުތައް ފެނެއެވެ. 

ކެޓްރީނާއަކީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކޮށް ބައެއް ފެޝަން ކުންފުނިތަކުގެ އުފެއްދުންތައް ޕްރޮމޯޓްކުރަން ރާއްޖޭގައި ފޮޓޯޝޫޓްތަކެއް ބާއްވާފައިވާ ފަންނާނެކެވެ.

ޑިސެމްބަރު މަސްތެރޭ ބޮލީވުޑްގެ ތަރި ވިކީއާއި ކައިވެނި ކުރުމަށްފަހު ހަނީމޫން އަށް ވެސް ކެޓްރީނާ ވަނީ ރާއްޖެ އައިސްފައެވެ. އިންޑިއާގެ ރިޕޯޓުތަށް ބުނާ ގޮތުގައި ކެޓްރީނާ އެންމެ ދާންބޭނުންވާ މަންޒިލަކީ ރާއްޖެކަމަށް ބެލެވެއެވެ. 

މި އިޝްތިހާރުގައި ކެޓްރީނާއި އެކު ވިކީ ފެނުން ނަމަ މިއަށް ވުރެން ވެސް ފުރިހަމަ ވާނެ ކަމަށް ބުނެ ބައެއް މީހުން ދަނީ އިޝްތިހާރު ބެލުމަށްފަހު އެއްވެސް އަސަރެއް ވިކީ އަށް ކުރިތޯ ވެސް ސުވާލު ކުރަމުންނެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް