ads
ރައީސް ނަޝީދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމާ އެކުގައި ފަރިއްކުޅުވަނީ…
ރައީސް ނަޝީދު އަމިއްލަފުޅު ޕާޓީއެއް އުފައްދަނީ!؟
ކުރިއަށް މި އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބު ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި, އެހާ ހިސާބުން ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅު ޕާޓީއެއް ހައްދަވާނެކަމަށް ގަބޫލުކުރެއްވޭކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.
Advertisement

އަންނަ މެއިމަހުގެ 14 ގައި ބާއްވަން ހަމަޖައްސާފައިވާ ޗެއާޕާސަން އިންތިހާބުގައި ފައްޔާޒުގެ އިތުރުން ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ. ފައްޔާޒަކީ ރައީސް ސޯލިހުގެ ފަަޅިން ހުންނެވި ކެންޑިޑޭޓު ކަމަށާއި, އިންތިއަކީ ރައީސް ނަޝީދުގެ ފަޅިން ހުންނެވި ކެންޑިޑޭޓުކަމަށް ސިޔާސީ މަސްރަހު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވެއެވެ. އިންތިހާބުގެ ފޯރިގަދަވެފައިވާއިރު އެމްޑީޕީގެ ތެރޭގައި ވެސް ވަނީ ދެބަސްވުންތައް އުފެދިފައެވެ. 

ސީއެންއެމްއާއި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ ރައީސް ނަޝީދަށް މި ފަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވޭނެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އިންތިގެ ކެމްޕޭން ކަންތައްތަކުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ބަހައްޓަވާފައި އެ ހުންނަވަނީ ''ބަލިވާތަން ނުދައްކަން'' ކަމަށް ވެދާނެކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

your imageރައީސް ނަޝީދު އަދި ރީކޯ މޫސަ ---

''އަޅުގަނޑަށް ބޮޑަށް ވައްތަރީ މި އިންތިޚާބު ކާމިޔާބުކުރައްވާނީ ރައީސް ސޯލިހު. ނަޝީދެއް ނޫން ކާމިޔާބުކުރައްވާނީ. ނަޝީދު އޭނަ ނުދާންވެގެން, ފަހަރެއްގަ ބަލިވާތަން ނުދައްކަން ކަންނޭނގެ އީވާ ލާފަ ބަހައްޓާފަ އެ ހުންނަނީ. އެހެން ނަމަވެސް އަތްނުލައި އައްދޮ ކިޔުއްވާ އުސޫލުން އީވާ ނުކުމު  އުޅެނީ އެކަމުގަތާ.'' މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ރައީސް ސޯލިހު ބޭނުންވެވަޑައިގަންނަވަނީ ފައްޔާޒުލައްވައި އެމްޑީޕީ ހިންގުވަން ކަމަށެވެ. އަދި ގައުމީ މަޖިލީހުގައި މެންބަރުން ދޭ ވޯޓު ބިނާވެގެންވަނީ ވެސް އެ ގޮތަށްކަމަށް މޫސަ ވިދާޅުވިއެވެ.

''ފަޔާލައްވާ ރައީސް ސޯލިހު ޕާޓީ ހިންގުވަންވެގެން ގައުމީ މަޖިލީހުގަ ވެސް މިހާރު މި ވެރިކަމަށް އައިސްފަ ރައީސް ސޯލިހުގެ ބާރުގަތާ މިކަން މި ހިނގަނީ. ފަޔާކުރާކަމެއް ނޫން މި ހިނގަނީ. ރައީސް ސޯލިހަށް އެ މީހުންދޭ ވޯޓެއް އެ ދެނީ ޕާޓީ ބަދަލުކުރުމަށްޓަކާ'' މޫސަ ވިދާޅުވިއެވެ.

your imageރައީސް ޞާލިޙާއި ރީކޯ މޫސަ ބައްދަލުކުރައްވަނީ. ފޮޓޯ:މޫސަ/ޓްވިޓާ

އެހެންކަމުން މި ފަހަރު ހޮވޭނީ ފައްޔާޒު ކަމަށާއި, އެ ހިސާބުން ނަޝީދު އަމިއްލަފުޅު ޕާޓީއެއް ހައްދަވާނެކަމަށް ގަބޫލުކުރެއްވޭކަމަށް ވެސް މޫސަ ވިދާޅުވިއެވެ. އަދި ފެއިލްވެގެންދާ ކޮންމެ މީހަކު ވެސް ހަދާ ގޮތަކީ އެއީ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ. ހަމައެހެންމެ ސިޔާސީ މަސައްކަތް ކުރައްވަންޏާ ދެން އެމްޑީޕީތެެރެއަކުން ރައީސް ނަޝީދަށް ދެން އެ ބާރެއް ނުލިބޭނެ ކަމަށާއި, ދެން ޖެހޭނީ އަމިއްލަފުޅު ޕާޓީއެއް ހައްދަވައިގެން  ރައީސް މައުމޫނަށްވީހެން ކޯނަރެއްގައި އިންނަވަންކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

''އަޅުގަނޑަށް ހީވާގޮތުން ފަޔާ ހޮވޭނީ. ހޮވިފަ އަޅުގަނޑަށް ހީވަނީ އެމްޑީޕީ ކުރިއަށް އޮތް 2023 އިންތިހާބުގަ ކުޑަކޮށް އޭގެ އަސަރު ހުންނާނެ. އެކަމަކު ވެސް އެމްޑީޕީން ކެންޑިޑޭޓަކު ނެރެއްޖިއްޔާ އެއްްގަލަށް އަރާނެ. އެކަމު ބޮޑަށް ވައްތަރީ ރައީސް ނަޝީދު އަމިއްލަފުޅު ޕާޓީއެއް ހައްދަވާފާނެކަމަށް. އެއީ ފެއިލްވެގެންދާ ކޮންމެ މީހަކު ވެސް ހަދާ ގޮތަކީ.'' މޫސަ ވިދާޅުވިއެވެ.

މޫސަ ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ރައީސް ނަޝީދު ވޯޓު އޮޅުވަައިލައްވަން މަސައްކަތް ކުރައްވާނެކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ.

60%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
23%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް