ads
ސިފައިންގެ އަސްކަރީ ޕެރޭޑެއްގެ ތެރެއިން
ހަތަރު ދުވަސް ވަންދެން ހުޅުމާލޭ ބޭރުގައި ސިފައިން ބަޑިޖަހަނީ
ހުޅުމާލޭ ބޭރުގައި ސިފައިން ބަޑިޖެހުމުގެ ތަމްރީނުތަކެއް ކުރިޔަށް ގެންދަން ނިންމައިފިއެވެ.
Advertisement

ޑިފެންސް މިނިސްޓްރީން ބުނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް މިމަހުގެ 20 އިން 24 ކުރިޔަށް ދާނެކަމަށެވެ. މި ތަމްރީނުތައް ކުރިޔަށްދާނީ އެދުވަަސްތަކުގައި ކޮންމެ ދުވަހެއްގެ 06:00 އިން 17:30 އަށްކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ، 

ތަމްރީނުތައް ކުރިޔަށް ގެންދާނީ ހުޅުމާލޭގެ އިރުން 7 ނޯޓިކަލް މޭލު ބޭރުން ކަނޑުމަތީގައިކަމަށްވެސް ޑިފެންސް އިން ބުނެއެވެ. އަދި މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުން 7 ނޯޓިކަލް މޭލު ބޭރުން 5000 މީޓަރ ދުރުމިނުންކަމަށާއި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރުކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ. 

ދާފި ފަހުން ސިފައިން ވަނީ ހަތިޔާރާއި އެކު ހަފްތާއެއްގެ ތަމްރީނުތައް ހުޅުމާލޭގެ އެކި ހިސާބުތަކުގައި ކުރިޔަށް ގެންގޮސްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް