ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިހާތަނަށް 142,239 މީހުން ބޫސްޓާ ޑޯޒް ޖަހާފައިވާ ކަމަށެވެ.
އެޗްޕީއޭއިން ހާމަކުރި ގޮތުގައި މިހާތަނަށް 398,315 މީހުން ފުރަތަމަ ޑޯޒް ވަނީ ޖަހާފައެވެ. ހަމައެހެންމެ 371,410 މީހުން ވަނީ ދެވަނަ ޑޯޒް ޖަހާފައެވެ.
ބޫސްޓާ ޑޯޒް ދެނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް ހަ މަސްވެފައިވާ މީހުންނަށެވެ. ބޫސްޓާ ޑޯޒެއްގެ ގޮތުގައި ޖަހަމުން އަންނަނީ ފައިޒާ ވެކްސިނެވެ. ބޫސްޓާ ޑޯޒް ޖަހަން ފެށީ މިދިޔަ އޮކްޓޫބަރުމަހުގެ ތިންވަނަ ދުވަހުގައެވެ.
ރާއްޖޭގެ ކޮވިޑުގެ ހާލަތަށް ބަލާއިރު މިހާތަނަށް 174,163 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. 159,621 މީހުން ރަނގަޅުވެފައިވާއިރު, 14,232 މީހުން އަންނަނީ ފަރުވާދެމުންނެވެ.