ads
ސީރިއާގައި ހަރަކާތްތެރިވާ ދިވެހި ހަނގުރާމަވެރިންތަކެއް --
ހަނގުރާމައަށް ދިޔަ އަންހެން މީހާ އާއި, ދަރިން ބަންދުގައި ބައިތިއްބަން އަމުރުކޮށްފި
ސީރިޔާގައި ކުރި ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް މީގެ ނުވަ އަހަރުކުރިން ދަރިން ގޮވައިގެން ރާއްޖެއިން ފިލައިގެން އެ ގައުމަށް ދިޔުމަށްފަހު އެނބުރި ރާއްޖެ އައިސްފައިވާ އަންހެން މީހާއާއި, އޭނާގެ ދަރިން ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކޮށްފިއެވެ.
Advertisement

ފާއިތުވެދިޔަ ހުކުރު ދުވަހު ރާއްޖެ ގެނެސްފައިވަނީ އުމުރުން 33 އަހަރުގެ އަންހެނަކާއި އޭނާގެ ހަތަރު ދަރިންނެވެ. އޭގެތެރެއިން ދެ ކުދިންނަކީ އޭނާ ސީރިއާއަށް ދިޔައިރު ގޮވައިގެން ގެންދިޔަ ދެ ކުދިންނެވެ. ދެން ތިބި ދެ ކުދިންނަކީ އޭގެ ފަހުން ލިބުނު ކުދިންނެވެ. އަންހެން މީހާ ބުނެފައިވާ ގޮތުގައި ހަތަރު ދަރިންކުރެ ފަހުން ލިބުނު ދެ ދަރިން ލިބުނީ އޭނާ ސީރިއާގައި ހޭދަކުރި މުއްދަތުގައެވެ. 

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައިވަނީ, ހަނގުރާމަވެރި ސަރަހައްދަކަށް ގޮސްފައިވާ ނުވަތަ އެއިން ސަރަހައްދެއްގައި ހުރެފައި އަނބުރާ ދިވެހިރާއްޖެ އައިސްފައިވާ މީހުން ރީހެބިލިޓޭޝަން ޕްރޮގްރާމެއް ފުރިހަމަކުރުމަކާނުލައި ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ މީހެއް ކަމުގައި ބަލައި ގިނަވެގެން 30 ދުވަހުގެ މުއްދަތަށް އެމީހަކު ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު އަމުރުކުރަންވާނެ ކަމަށެވެ.

އެ ގޮތުން އަންހެން މީހާ އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. އަންހެން މީހާއަކީ ހަނގުރާމަވެރި ސަރަހައްދެއްގައި އުޅެފައި އެނބުރި އައިސްފައިވާ މީހެއްކަމަށް ފުލުހުން ކޯޓުގައި ވަނީ ބުނެފައެވެ.

''މީނާ ބުނެފައިވަނީ ސީރިއާގެ އިދްލިބްގައި އުޅެފައި ތުރުކީއަށް ގޮސް ތުރުކީން މާލެ އައިސްފައިވާ ކަމަށެވެ. ބަންދުކުރުމާމެދު އިއުތިރާޒެއް ނެތްކަމަށް ވެސް މީނާ ބުނެފައިވެއެވެ.'' ކޯޓު އަމުރުގައިވެއެވެ.

އެ ގޮތުން ކޯޓުން ވަނީ އިއްޔެއިން ފެށިގެން އޭނާގެ ދަރިންނާއެކު ތިރީސް ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް