ads
ވަޅި ހަރާފައިވާ އަންހެންމީހާ ފުލުހުންގެ އެހީތެރިކަމާއިއެކު އައިޖީއެމްއެޗަށް ގެންދަނީ
އަނބިމީހާ ގަޔަށް ވަޅިހެރީ ނިދާފައި އޮއްވައި!
މާލޭގެ ގެއެއްތެރޭ އިންޑިއާ މީހަކު އަނބިމީހާ ގަޔަށް ވަޅި ހެރީ ނިދާފައި އޮއްވާ ކަމަށް އޭނާއާއި ދެކޮޅަށް ދައުލަތުން ކުރި ދައުވާގައި ބުނެފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު އިންޑިއާއަށް ނިސްބަތްވާ ސްރިނިވަސަން ސުބްރަމަނި ނަމަކަށް ކިޔާ މީހަކު އޭނާގެ އަނބިމީހާގެ ދެތަނަކަށް ވަޅި ހެރި ކަމުގެ ތުހުމަތުގައި ވަނީ ހައްޔަރުކޮށްފައެވެ.

އޭނާގެ ތަހުގީގީ މަރުހަލާގައި ކޯޓުގައި ބުނެފައިވަނީ، “ޒުވާބެއްގެ ތެރެއިން ވަޅި ހެރުނީ” ކަމަށެވެ. 

ނަމަވެސް ޕީޖީ އޮފީހުން މިދިޔަ ހަފުތާގައި ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި ބުނާ ގޮތުން ސްރިނިވަސަން އޭނާގެ އަނބިމީހާއަށް ހަމަލާދީ ޒަހަމުކޮށްލީ، އަނބިމީހާ ސިޓިން ރޫމުގައި ނިދާފައި އޮއްވަ އެވެ.

ޕީޖީ އޮފީހުން މިމައްސަލާގައި އޭނާގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރަމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.

މި ހާދިސާގައި ދެމީހުން ވެސް ޒަހަމް ވެފައިވާ އިރު ފުލުހުން ބުނެފައިވަނީ ސްރިނިވަސަން ލިބުނު ޒަހަމަކީ އޭނާ އަމިއްލައަށް ކުރި ކަމެއް ކަމަށާއި އެކަން ކުރީ ފުލުހުން ކުރިމަތީ ކަމަށެވެ. އޭނާ ވަނީ މިކަމަށް އެއްބަސް ވެސް ވެފައެވެ. އޭނާ ބުނެފައިވަނީ އަމިއްލަ ބަނޑަށް ވަޅި ހެރީ ފުލުހުން އެގެޔަށް ދިޔުމުން ބިރުން ކަމަށެވެ.

ސްރިނިވަސަން ބަންދުކޮށްދިނުމަށް އެދި ފުލުހުންގެ ފަރާތުން އެދުނުއިރު ބުނިގޮތުގައި މައްސަލަ ރިޕޯޓްކޮށްގެން އެގެޔަށް ދިޔައިރުވެސް ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. އަދި ގޭތެރެއިން ދެވަޅި ފެނިފައިވާކަމަށާއި އެތަނުން އެއް ވަޅީގެ ތިލަ ނެތްކަން ފުލުހުން ފާހަގަކުރި އެވެ.

ފުލހުން ބުނީ އަންހެން މީހާގެ ދެތަނަކަށް ވަޅި ހަރާފަވާކަމަށެވެ. އަދި ހޮސްޕިޓަލުން ނެގި އެކްސްރޭ އިން ދައްކާ ގޮތުގައި ފަލަމަސްގަނޑުގައި ވަޅިއެއްގެ ތިލައެއް ތާށިވެފައި އިން ކަމަށް ފުލުހުން ބުންޏެވެ.

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް