ads
ދިޔަމިގިލި
ހަމަލާދިނީ ރައްޓެއްސެއް، ކަރުގަ އާއި ބުރަކަށީގެ 5 ތަނެއްގައި ފުން ޒަހަމުތަކެއް!
ތ. ދިޔަމިގިލީގައި ތޫނު އެއްޗަކުން ހަމަލާދީ މިއަދު ހެނދުނު ޒަހަމުކޮށްލާފައިވަނީ އެ ރަށު މުދިމުކަމާއި ވަގުތީ ގޮތުން ހަވާލުވެގެން ހުރި އުމުރުން 45 އަހަރުގެ އަހުމަދު ރަޝީދު މުހައްމަދު ނަމަކަށް ކިޔާ މީހަކަށެވެ.
Advertisement

އޭނާއަށް މިވަގުތު އެ ރަށު ސިއްހީ މަރުކަޒުގައި ދަނީ ފަރުވާދެމުންނެވެ. ވާހަކަދައްކާކަށް ފަސޭހަައެއް ނޫނެވެ. 

އަހުމަދުގެ ގާތުގައި އިދެފައި ނިކުތް ދިޔަމިގިލީ ކައުންސިލުގެ ރައީސް އަހުމަދު މޫސާ “ސީއެންއެމް” އަށް ވިދާޅުވީ، ހާލު ސީރިއަސް ކަމަށާއި، ސީރިއަސް ޒަހަމުތަކެއް ލިބިފައިވާ ކަމަށެވެ.

އެގޮތުން އަހުމަދު ރަޝީދުގެ ބުރަކަށީގެ ފަސް ތަނަކަަށް ތޫނު އެެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ފުން ޒަހަމުތަކެއް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ. އޭނާގެ ކަރަށްވެސް ފުން ޒަހަމެއް ވަނީ ލިބިފައެވެ. 

ހަމަލާދިނީ ވަރަށް ގާތްކޮށް އުޅުން ރަށްޓެއްސެއް، ވީ ކީއްކަމެއް ނޭނގޭ!

ކައުންސިލުގެ ރައީސް އަހްމަދު ވިދާޅުވީ، ހަމަލާދީފައިވަނީ އުމުރުން 35 އަހަރުގެ(ލަފާކޮށްލެވޭ އުމުރު) އަހްމަދު ރަޝީދުއާއި ގާތްކޮށް އުޅޭ އެކުވެރިއެއް ކަމަށެވެ. ދެމީހުންގެ މެދުގައި ހިތްހަމަ ނުޖެހިގެން ކަމެއް ހިނގާފައިވާކަންވެސް އެގިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުވެސް ވަރަށް ހައިރާންވެފައި މިހުންނަނީ. ނޭނގެ ކީއްވެކަމެއް. ދެމީހުން ވަަރަށް އެއްކޮށް އުޅެނީ އަބަދުވެސް. ހަމަ ގާތްކޮށް އުޅުން ދެމީހުން އެއީ. “ އަހްމަދު މޫސާ ވިދާޅުވިއެވެ.

އަހްމަދު ރަޝީދަށް ހަމަލާދިންކަން އެގުނީ އެވަގުތު ހަޅޭލަވާތީ އެސަރަހައްދުގައި އުޅޭ މީހުން ނިކުތުމުންނެވެ. ހަމަލާދިން ވަގުތު ދެމީހުން ތިބީ މަގުމަތީގައެވެ.

11%
ކަމުގޮސްފި
54%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް