ads
ކޮނޑޭ ޓީމް
ކުޑައާބާދީ އަކުން ވަރުގަދަ ފުޓްބޯޅަ ޓީމެއް!
ފުޓްބޯޅައިގައި ކުރި ހޯދުމަކީ ރަށެއްގެ އާބާދީއާ ގުޅުން ހުރި ކަމެއް ނޫންކަމަށް ރާއްޖޭގެ ތަޖްރިބާކާރު ކޯޗަކު ބުނެފައިވެއެވެ. އަދި އެއީ އެރަށެއްގައި އެކަމުގެ ފޯރި ހުންނަ މިންވަރެއްގެ މައްޗަށް ބިނާވާކަމެއްކަން އެނގެއެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ އެންމެ ތިންސަތޭކައްހާ މީހުން ދިރިއުޅޭ ގއ. ކޮނޑޭއެވެ.
Advertisement

އަތޮޅުގެ އަބާދީ މަދުނަމަވެސް އަތޮޅުގެ އެހެން ރަށްތައް ފުޓްބޯޅައިން ސިއްސުވާލި ހަމަ އެކަނި ރަށަކީ ގއ. ކޮނޑޭ އެވެ. ބިރެއް ޖެހިލުމެއް ނެތި ޓީމްތަކާ ކުރިމަތިލައި އެންމެ އުސް ހަރުފަތުގައި ވާދަކުރަމުން އަންނަ ކުޑަ އެކަމަކު ފުޓްބޯޅައިގައި ބޮޑު ރަށެކެވެ. އެކި ކަންކަމަށް އެރަށް ކުރި އަރަމުން އަންނަ އިރު، އެ ރަށުން އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ ފުޓުބޯޅައިގެ ފޯރި އެ ރަށުގައި އޮތް މިންވަރެވެ.

ފުޓްބޯޅަ ކުރިއެރުވުމަށް އެ ރަށު ކައުންސިލުން ބުރަ މަސައްކަތެއް ކުރަމުންދާއިރު، ރައްޔިތުންވެސް ތިބީ އެކުވެރިކަމާއެކު އެއް އަޒުމެއްގައެވެ. އެންމެން އެއް އަޑަކުން އެދި ގޮވަނީ "ގައުމީ ރޫހުގައި ރަށުވަންތަ ޖޯޝުގައި ފުޓްބޯޅައިން ކުރިއަށް ކޭއެފްސީ "  އެވެ.

ގަދަ ފުޓްބޯޅަ ކުޅުންތެރިން އެރަށުގައި ތިބި އިރު، އެއީ މުޅިއަތޮޅު ސިއްސުވާލި ހަމައެކަނި ރަށެވެ. ކޮނޑޭއަކީ ރަށުވަންތަ ރޫހު ރަށުވަންތަ ދިރުން އެރަށަކުން ފެންނަ ތަހުޒީބު ރަށެއްވެސް މެއެވެ.

މިދިޔަ ހަފްތާގައި ނިމި ދިޔަ ސޮނީސްޕޯޓްްސް ގޯލްޑަން ފުޓްސަލް ޗެލެންޖު ފުޓްބޯޅަ މުބާރާތުން ވެސް ފެނިގެން ދިޔައީ މުޅި އަތޮޅު ހައިރާންކޮށް ފައިނަލަށް ވާދަ ކުރި ތަނެވެ.

your imageކޮނޑޭ ޓީމް ގޯލް ކީޕަރު ވިޝާން އަދި އެ ޓީމްގައި ގަދަ ކުޅުމެއް އަބަދުވެސް ދައްކާ ޖާޒީ ނަމްބަރު 7 ޝިނާޒު(ޒުއްލާ) މެޗްގެ އެންމެ ފަހު ވަގުތު : ފޮޓޯ/ ކޮނޑޭ ސަޕޯޓަރުން

ކޮނޑޭގައި ފުޓުބޯޅަ ކުރި އެރުވުމަށް އެ ރަށުގެ ޖަމިއްޔާ ތަކާއި ކައުންސިލާއި އާންމުންގެ އެހީތެރިކަން ލިބެއެވެ. މިނިވަން ޗެމްޕިއަން ޝިޕް މުބާރާތުގެ ހަތަރު އަހަރަށް ހަމަ އެކަނި އެފަރާތްތަކުން 900000 (ނުވަލައްކަ) ރުފިޔާގެ އެހީ ތެރިކަން ފޯރު ކޮށްދީފައިވާ ކަމަށް ސަޕޯޓަރުން ބުނެއެވެ.

2018 ވަނަ އަހަރު ބޭއްވި މިނިވަން ޗެމްޕިއަންޝިޕްގެ އަތޮޅު ޗެމްޕިއަންތަށި އުފުލާލާފައިވަނީ ކޮނޑޭ ޓީމެވެ.

އަދި 2019 އިގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައިވެސް ރައްޔިތުން 65000 ރުފިޔާ ހަރަދު ކޮށް، ކުޅުން ތެރިން މޮޅު ކުޅުމެއް ދައްކާފައިވާއިރު، އެ ރަށު ޓީމް ވަނީ އެއަހަރުވެސް ފައިނަލްގައި ކުޅެފައެވެ. 

2020، 2021 ގެ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މެޗް ތައް މެދު ކެޑުމަށްފަހު، މި އަހަރުވަނީ އަލުން އެމުބާރާތް ބާއްވާ ފައެވެ. ކޮނޑޭޓީމުން ވަނީ  މުބާރާތުގައި ބައިވެރި ވެފައެވެ.  

ކުޅޭ ކޮންމެ ފަހަރަކު، މޮޅުކުޅުމެއް ދައްކާ ކޮނޑޭޓީމަށް ކޮނޑޭ ކައުންސިލުން 2022 ގޯލްޑަން ފުޓްސަލް ޗެލެންޖަށް 35000 ހަރަދު ކޮށްފައިވާ ކަށާއި އާންމު ރައްޔިތުން 50000 ރުފިޔާ ހަރަދު ކޮށް ފައި ވާކަމަށް ސަޕޯރުން ބުނެއެވެ. އަދި މިއަހަރުވެސް އެޓީމްވަނީ ފައިނަލްގައި ކުޅެފައެވެ. 

ރަށު ފެންވަރު ގައި ކުޅެމުން އައި މުބާރާތްތައް އަތޮޅު ފެންވަރަށް ގޮސް އަތޮޅުން ބޭރަށް ޒޯން މުބާރާތާ ހަމަޔަށް ވާދަ ކުރަމުން ދިޔައީ އެރަށުގެ ސަޕޯޓަރުން ގަބޫލު ކުރާ ގޮތުގައި، ޓީމް ޓީމެއްގެ ގޮތުގައި ބޭއްވުމަށް ރަށުގެ ޖަމިއްޔާތަކާއި، ކައުންސިލާއި، އާންމުން ދިން އެއްބާރުލުމުގެ ސަބަބުނެވެ.

your imageގޯލްޑަން ފުޓްސަލް ޗެލެންޖު: ފުޓްބޯޅަ މުބާރާތްބެލުމަށް ރައްޔިތުން ނުކުމެ ކައުންސިލް އިދާރާ ދޮރު މަތީގައި: ފޮޓޯ/ ސަޕޯޓަރުން

އަދި ހަމަ އެގޮތަށް އެ ރަށުގެ ކައުންސިލް ރައީސް އަހުމަދު ފާހަގަ ކުރެއްވީ ކޮނޑޭ އަކީ އަތޮޅުގެ އެންމެ އާބާދީ މަދު ވަސީލަތްތަށް މަދު ރަށް ކަމަށްވިޔަސް ރަށުގެ ރޫހު އާލާ ކުރުމަށް ރަށުގެ ރައްޔިތުން ތިބީ އެއްއަޒުމަކާއި، އެއްރޫހެއްގައި ކަމަށެވެ.

ކުޅިވަރުގެ މައިދާނުން "ކޭއެފްސީ" ހޯދަމުންދާ ރީތި ނަން ރަށުގެ ޓީމާއި، އެއްވަރަށް ސަޕޯޓަރުން ކުރާ ހިތްވަރުން އެންމެ އެދެވޭ ނަތީޖާ ހާސިލް ކުރެވޭ ކަމުގެ އުފާ ހާސިލް ވެވޭ ކަމުގައި ވެސް އަހުމަދު ފާހަގަ ވިދާޅުވިއެވެ.

ގއ. އަތޮޅު ސިއްސުވާލި ކޮނޑޭ ޓީމް މިހާރު ދަތުރު ކުރަމުންދަނީ ޒޯން އާއި ދިމާލަށެވެ. ޓީމް އޮތީ ގަދަކުޅުމެއް ދައްކައި ޒޯންގެ ނަތީޖާވެސް ގަދަކޮށް ބަދަލު ކޮށް ލެވޭނެ ކަމުގެ އުއްމީދުގައި ކަށާއި، އަނެއްކާވެސް އަތޮޅު ސިއްސުވާލައި، ސަޕޯޓަރުން އުފާކޮށް ދޭނެ ކަމުގެ ޔަގީން ކަމާ އެކުގައި ކަމަށް ކުޅުންތެރިން ބުނެއެވެ.

91%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް