އޭނާ ހާމަ ކުރިގޮތުގައި އޭނާ ބޭނުންވީ އަސްލު ޕްރިޔަންކާ ނުވަތަ ރާނީ ކަހަލަ ތަރިއަކާ އެކު އެ ފިލްމް ކުރިއަށް ގެންދާށެވެ. އޭނާ އޭރު ގަބޫލު ކުރި ގޮތުގައި އެ ފިލްމަށް އެންމެ އެކަށީގެންވާނީ އެފަދަ ތަރިއެކެވެ. ނަމަވެސް ދެ ތަރިންގެ ޝެޑިއުލް ބިޒީ ސަބަބުން ފިލްމަށް ވަގުތު ހުސް ކުރެވެން ނެތީ ކަމަށް ވަނީ ހާމަ ކޮށްފައެވެ.
ޕްރިޔަންކާ ބުނިގޮތުގައި ބަންސާލީގެ އެ ފިލްމްއަށް ވަގުތު ހުސް ނުކުރެވުނީ ހޮލީވުޑްގައި އޭނާ ސޮއި ކޮށްފައި ހުރި ފިލްމްތަކެއް ހުރުމުން ކަމަށާއި ބަންސާލީއަކީ އޭނާ ވަރަށް ސަޕޯޓްކުރާ މޮޅު ޑައިރެކްޓަރެކެވެ. ޕްރިޔަންކާ ވަނީ ބަންސާލީގެ ބަޖިރާއޯ މަސްތާނީގައި ވެސް މުހިއްމު ރޯލެއް ކުޅެފަ އެވެ.
މި ފިލްމަކީ ބަންސާލީ ވަރަށް ކުރިން ވެސް ނެރެން ބޭނުންވާ ފިލްމެއް ކަމުން އިތުރަށް ވަގުތު ބޭކާރު ނުކޮށް ފިލްމު ނެރެން ބޭނުން ވާތީ އާލިއާއަށް ފުރުސަތު ދިނީ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި މި ފިލްމުގައި އާލިއާ ދައްކުވައިދިނީ އޭނާ ހީކޮށްގެން ހުރި ވަރަށް ވުރެ ވެސް މޮޅު ހުނަރެއް ކަމަށާއި ފިލްމު އެހާ ކާމިޔާބު ކަމާ އެކު ކުރިއަށް ދަނީ ވެސް އާލިއާގެ އެކްޓިންގެ ފުރިހަމަ ކަމުން ކަމަށް ވެސް ބަންސާލީ ވަނީ ބުނެފަ އެވެ.
މި ފިލްމަކީ މިއަހަރު ބޮލީވުޑްގައި އެޅުވި އެންމެ ކާމިޔާބު އަދި އާލިއާގެ އެކްޓިންގެ ދާއިރާއިން ވެސް އެންމެ ކާމިޔާބު ފިލްމެވެ.