ads
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު:ޕޯސޤޓަ ލިމިޓެޑްގެ އެމްޑީ އަކަށް ވަނީ ބަދަލުކޮށްފައި
ޕޯސްޓް ލިމިޓެޑްގެ އެމްޑީކަން އާދަމް މުހައްމަދުއަށް!
މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ކުރިން ވެމްކޯގެ އެމްޑީކަން ކުރެއްވި އާދަމް މުހައްމަދު އައްޔަންކޮށްފި އެވެެ.

ޕޯސްޓް ލިމިޓެޑްގެ އެމްޑީގެ މަގާމަށް އާދަމް އަންޔަން ކުރެއްވީ އެމަގާމުގައި ހުންނެވި އަހުމަދު ޝަފީގު ވަކި ކުރެއްވުމަށް ފަހުއެވެ. ޝަފީގު ވަނީ އެކުންފުނީގެ ބޯޑު މެންބަރަކަށް ބަދަލު ކުރައްވާފައެވެ.
އަދާލަތުޕާޓީގެ ކައުންސިލް މެންބަރު އާދަމް މުހައްމަދު ޕޯސްޓް ލިމިޓެޑަށް އަންޔަން ކުރައްވާފައިވާއިރު ވެމްކޯއަށް އަދި ބޭފުޅަކު ހަމައެއް ނުޖައްސަވައެވެ. އަދި މިބަދަލުތައް ގެންނަ ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެއެވެ. 

ޕްރައިވަޓައިޒޭޝަން ބޯޑުން ދާދިފަހުން ވަނީ ސްޓެލްކޯގެ އެމްޑީއަކަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފް އަންޔަން ކުރައްވާފައެވެ. ޝަރީފް ވަނީ ރައީސް ޔާމީނުގެ ދައުރުގައި ފެނަކައިގެ އެމްޑީ ކަންވެސް ކުރައްވާފައެވެ.

ސްޓެލްކޯގެ އެމްޑީގެ މަގާމުގައި ހުންނެވި ހަސަން މުގުނީ ވަނީ އެންވަރަމެންޓް މިނިސްޓްރީގެ ދަށުން ހިންގާ އެނާޖީ އޮތޯރިޓީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް