ads
މުއިއްޒު---
ލޭންޑް ޔޫޒް ޕްލޭން އޮންނާނީ ހުށައަޅާފައި ކަމަށް ސިޓީ ކައުންސިލުން ބުނެފި
ވިލިމާލޭ ސިނާއީ ސަރަހައްދުގެ ލޭންޑް ޔޫސް ޕްލޭން، ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެކައުންސިލުން މިހެން ބުނީ ވިލިމާލޭގެ ސިނާއީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރުން ޕްލޭނިން މިނިސްޓްރީން ހުއްޓުވުމާ ގުޅިގެންނެވެ. 

އެ ކައުންސިލުން ބުނީ ލޭންޑް ޔޫސް ޕްލޭން މިދިޔަ އަހަރުގެ ނޮވެމްބަރުމަހު 30 ވަނަދުވަހު އެކައުންސިލުން ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. 

ކައުންސިލުން ބުނީ މާލެއާއި ވިލިމާލޭގެ ލޭންޑްޔޫސް ޕްލޭންގެ ކަންކަން ނިންމައި އެ ފާސްކުރަން މިނިސްޓްރީއަށް ހުށަހަޅާފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. 

މާލެ ސިޓީ ކައުންސިލުން ވަނީ ވިލިމާލޭ ސިނާއީ ސަރަހައްދުން ހުސްކޮށް އޮތް 13 ސްލޮޓް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ވިލިމާލޭ މީހުންނަށް ހަ ސްލޮޓާއި މާލޭ މީހުންނަށް ހަތް ސްލޮޓަށް ހުޅުވާލާފައިވާއިރު މިކަމަށް ކުރިމަތި ލެވޭނެ އެންމެ ފަހު ތާރީހަކީ މިމަހުގެ 27 އެވެ. 

ޕްލޭނިން މިނިސްޓްރީން އިއްޔެ މޭޔަރު މުއިއްޒަށް ފޮނުވި ސިޓީގައިވަނީ ތިލަމާލެ ބްރިޖްގެ އަމަލީ މަސައްކަތް ކުރިއަށްދާއިރު ވޯކްސައިޓެއްގެ ގޮތުގައި ބޭނުން ކުރަން ކަނޑައަޅާފައިވާ ސަރަހައްދަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް