ads
ހުސެއިން ޝަމީމް——
ފުރަތަމަ ފަހަރަށް އޮންލައިންކޮށް މައްސަލައެއް ހުށަހަޅައި ބަލައިގެންފި
އިއްޔެ ފުރަތަމަ ފަހަރަށް ރާއްޖޭގައި ކްރިމިނަލް ކޯޓަށް މައްސަލައެއް ހުށަހަޅައި ބަލައިގެންފިއެވެ.

ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ  އިއްޔެއަކީ ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި ވަރަށް ތާރީޚީ ދުވަހެއްކަމަށެވެ. އެއީ ފުރަތަމަ ފަހަރަށް، ކްރިމިނަލް ކޯޓަށް، އޮންލައިންކޮށް މައްސަލައެއް ހުށަހަޅައި، އެމައްސަލަ އެކޯޓުން ބަލައިގަތް ދުވަހަށް ވާތީއެވެ. 

ޝަމީމް އޭނާގެ އަމިއްލަ ބްލޮގްގައި ވިދާޅުވީ ޓެކްނޮލޮޖީއަށް އިންވެސްޓް ކޮށްގެން، އޮޓަމޭޓް ކުރުމަށް ބާރު އަޅައި، އިންސާނުން ކުރަންޖެހޭ މަސައްކަތްތައް މަދުކުރެވޭތޯ ގެންދަވަނީ މަސައްކަތް ކުރައްވަމުން ކަމަށެވެ. މިއަށް އިންވެސްޓްމަންޓެކޭ ވިދާޅުވަނީ މީގެ ފޮނިމީރުކަން މިވަގުތު ނުލިބުނަސް، ފަހުން ލިބެން އޮތް މަންފާ ބޮޑުކަމުން ކަމަށް ޝަމީމް ވިދާޅުވެއެވެ.

އެގޮތުން، ފުލުހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާ މައްސަލަތައް، އޮންލައިން ޕޯޓަލަކަށް އަޕްލޯޑު ކުރުމުން، އެލިޔުންތައް ޑައުންލޯޑް ކުރެވޭ ނިޒާމު ޤާއިމު ކުރެވިފައިވާ ކަމަށާއި، ޑާޓާ އެންޓްރީގެ މަސައްކަތް މަދު ކުރެވިފައިވާކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ފުލުހުންނާއެކު އޮތް ފަދަ ގުޅުމެއް، ޝަރްޢީ ކޯޓުތަކާއެކުވެސް އުފެއްދޭތޯ ވަރަށް މަސައްކަތް ކުރެވިފައިވާކަމަށެވެ. އެގޮތުން، ކޮވިޑުގެ ދުވަސްވަރު މައްސަލަ ހުށަހެޅުން އަވަސް ކުރުމަށްޓަކައި، ކްރިމިނަލް ކޯޓަށް އޮންލައިންކޮށް މައްސަލަ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވުނު ކަމަށާއި، އެ މަޝްވަރާތަކުގެ ތެރެއިން، ޕީޖީ އޮފީހުގެ ކޭސް މެނޭޖްމަންޓް ސޮފްޓްވެއަރގެ އޭޕީއައި އަކުން ކޯޓާ ގުޅާލެވިފައިވާކަމަށެވެ.

"އެލިންކު މެދުވެރިކޮށް، ޕީޖީ އޮފީހުން މައްސަލައެއް އަޕްލޯޑް ކުރުމުން، ކޯޓުން އެމައްސަލައިގެ ލިޔުންތައް ބަލައިގަނެވެއެވެ. މިކަން، މީގެ 7 މަސްދުވަސް ކުރިން އޮތީ ނިމިފައެވެ. ޓެސްޓުވެސް ކުރެވިފައެވެ. ނަމަވެސް، ބޭނުން ނުކުރެވިއެވެ. ކުރިން އޮތް ގޮތުން، ރަސްމީކޮށް މައްސަލަ ބަލައިގަތްކަމަށް ބައްލަވަނީ، ކަރުދާސްތަކާއެކު މައްސަލައިގެ ލިޔުންތައް ފޮނުވުމުންނެވެ." ޝަމީމް ލިއުއްވާފައިވެއވެ. 

މިކަން މިހެން އޮއްވާ، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިސްނެންގެވުމަކާއެކު، އޮންލައިންކޮށް މައްސަލަ ބަލައިގަތުމުގެ ކަންތައް ރަސްމީކުރުމަށް ނިންމަވާފައިވާކަމަށާއި، އެއާއެކު، މިދިޔަ ދެހަފްތާއެއްހައި ދުވަހުގެ ތެރޭގައި، އިތުރު ނިޒާމުތަކެއްވެސް ޤާއިމުކުރެވި، އެންމެ ފަހުން އިއްޔެ، އެކަން ރަސްމީކޮށް ފެށިފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް