ads
ބުރުގާ އެޅުން މަނާ ކުރުމުން އިންޑިއާގެ މުސްލިމުން ކުރަމުން އަންނަ މުޒާހަރާ
ބުރުގާ އެޅުމަކީ އިސްލާމް ދީނުގެ އަސާސެއް ނޫން: އިންޑިއާ ހައިކޯޓު
ބުރުގާ އެޅުމަކީ އިސްލާމް ދީނުގެ އަސާސެއް ނޫން ކަމަށް އިންޑިއާގެ ކަރްނާޓަކާ ސްޓޭޓުގެ ހައިކޯޓުން ހުކުމް ކޮށްފި އެވެ.
Advertisement

ކަރްނާޓަކާ ސްޓޭޓުގެ ސުކޫލްތަކަށް އިންޑިއާގައި ދިރިއުޅެމުންދާ މުސްލިމް ދަރިވަރުން ބުރުގާ އަޅައިގެން ކިޔަވަމުން ދިއުމުން އެ ދަރިވަރުން ސުކޫލަށް ނުވައްދާ މައްސަލަ ފެންމަތިވީ މިދިޔަ ޖަނަވަރީ މަހު އެވެ. އަދި މިކަމާއި ގުޅިގެން ގިނަ މުސްލިމުން ވަނީ އެކަމާއި މެދު ނުރުހުން ފާޅުކޮށް ދީނީ ހައްގެއް ނިގުޅައި ނުގަތުމަށް އެގައުމުގެ ސަރުކާރަށް ގޮވާލާފަ އެވެ. 

ބުރުގާ އަޅައިގެން ކިޔަވަން ދިއުމުން ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ނުދީ، ބުރުގާ ނެގުމަށް މަޖުބޫރު ކުރުމުން އެ މައްސަލަ ކަރްނާޓަކާ ސްޓޭޓުގެ ހައި ކޯޓަށް މުސްލިމް އަންހެނުން ހުށަހެޅި މައްސަލަ އާއި ގުޅިގެން މިއަދު އެ ސްޓޭޓްގެ ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، "ބުރުގާ އެޅުމަކީ އިސްލާމް ދީނުގައި ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން" ކަމަށެވެ. 

އަދި ހުކުމުގައި ބުނެފައިވަނީ، ބުރުގާ އެޅުމުގެ މައްސަލާގައި އެ ސްޓޭޓްގެ ސަރުކާރުން ނިންމާ ހުރިހާ ނިންމުމަކަށް ހުރިހާ ފަރާތްތަކުން ވެސް ފުރިހަމައަށް ކިޔަމަންވާން ޖެހޭނެ ކަމަށެވެ. 

މިކަމާއި ގުޅިގެން އެތައް ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. އަދި މިކަމަކީ މިއަދު އިންޑިއާގެ ވެރިކަމުގައި ތިބި ފަރާތްތަކުން މުސްލިމުންނާ ދެކޮޅަށް ހިންގަމުން އަންނަ ޖަރީމާއެއް ކަމަށާއި، މިކަން ސުޕްރީމް ކޯޓަށް ހުށައަޅާނެ ކަމަށް ބުނެ އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. 

މިކަމާއި ގުޅިގެން މުސްލިމު ދަރިވަރުންނާއި ގިނަ ބެލެނިވެރިން އަންނަނީ އެގައުމުގެ މަގުތައް މަތީ އަޑު އުފުލަމުންނެވެ. އަދި މި ނިންމުން ބަދަލުކޮށް އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް ބުރުގާ އެޅުމުގެ ހައްގު ދިނުމަށް ވަނީ ގޮވާލާފަ އެވެ. 

އެހެން ނަމަވެސް މި ހުކުމާ އެކު އިންޑިއާގެ ގިނަ ހިންދޫން އަންނަނީ އުފާ ފާޅުކުރަމުންނެވެ. އަދި މިއީ ސުކޫލްތަކުގެ ހަމަޖެހުމަށް މުހިއްމު ކަމެއް ކަމަށްވެސް ހިންދޫއިން އަންނަނީ ބުނަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް