
ކައިލީ ބުނީ ސޯޝަލް މީޑިއާ އާ ދުރުގައި ހުންނަން ޖެހުނީ ދަރިފުޅު ލިބުމަށް ފަހު ވަގުތު ނުވާތީ ކަމަށެވެ. އޭނާގެ ފޭނުން ދޫކޮށް ނުދާނެ ކަމަށާއި ކުރިއަށް ހުރި ދުވަސް ތަކުގައި ވެސް އޭނަގެ މޭކަޕް ޕްރޮޑަކްޓްސް އާއި މޭކަޕް ކުރާނެ ތަފާތު ގޮތްތައް ފޭނުންއާއި ހިއްސާ ކުރަމުން ދާނެ ކަމަށް ވެސް އޭނާ ވަނީ ހާމަ ކޮށްފައެވެ.
ކައިލީ އަކީ އިންސްޓަގްރާމް ބޭނުންކުރާ އަންހެނުންގެ ތެރެއިން މިހާތަނަށް 300 މިލިއަން ފޮލޯވަރުން ހަމަކުރި ފުރަތަމަ މީހާއެވެ.
މީގެ ހަ އަހަރު ކުރިން 2015 ވަނަ އަހަރު އޭނާ އުފެއްދި ކައިލީ ކޮސްމެޓިކްސް އަދި ކައިލީ ސްކިން ވިޔަފާރި ކާމިޔާބުވެ 2019 ވަނަ އަހަރުގައި އަމިއްލަ މަސައްކަތުން ބިލިއަނަރުންނަށްވި ޒުވާނެއްގެ ގޮތުގައި ކައިލީ ވަނީ ހިމެނިފައެވެ.
ކައިލީ އަކީ އާއްމު ކޮށް އޭނަގެ އިންސްޓަރގްރާމް މެދުވެރި ކޮށް މޭކަޕް ޕްރޮޑަކްޓްސް އާއި ކައިލީ މޭކަޕް ކުރަން ބޭނުން ކުރާ ތަފާތު އެކި ހުނަރު ވެސް ހިއްސާކުރަމުންދާ ފަންނާނެކެވެ.