ads
ކްރިމިނަލް ކޯޓު
ވަގަށް އަނބު ބިނުމުން ހަ މަހަށް ޖަލަށް ލާން ހުކުމް ކޮށްފި
މާލޭގައި ހުންނަ ޖުވެނަލް ކޯޓުގައި ހުރި އަނބު ގަހަކުން ވަގަށް އަނބު ބިން މީހަކު ހަ މަހަށް ވުރެ ގިނަ ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

މި މައްސަލަ އާއި ގުޅިގެން ދައުލަތުން ދައުވާ އުފުލާފައި ވަނީ، އަހުމަދު ސޯލިހު ކިޔާ މީހެއްގެ މައްޗަށެވެ. ދައުލަތުން ސޯލިހުގެ މައްޗަށް ދެ ދައުވާއެއް ވަނީ ކޮށްފައެވެ. އެގޮތުން، ވައްކަމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވާއިރު، ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާވެސް ވަނީ އޭނާގެ މައްޗަށް ކޮށްފައެވެ. 

އަހުމަދު ސޯލިހު ހުއްދަ ނުހޯދާ ޖުވެނަލް ކޯޓަށް ވަދެފައިވަނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަދި އޭނާ ވަނީ އެ ދުވަހު ޖުވެނަލް ކޯޓު ތެރޭ ހުރި އަނބު ގަހުން 72 އަނބު ބިނދެފައެވެ. 

މި މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. އެއީ އަހުމަދު ސޯލުހު ދައުވާތަކަށް އިއުތިރާފް ވުމުންނެވެ. 

މި މައްސަލާގައި ހުކުމް އިއްވަމުން މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވީ، އަހުމަދު ސާލިހުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް ކޮށްފައިވާ، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއަށް އޭނާ އިއުތިރާފްވެފައިވާތީ، މި ދައުވާ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މިންގަނޑުން ޝަރީއަތަށް
ސާބިތުވެފައިވާކަމަށް ކަނޑައަޅާ ކަމަށެވެ. 

އެހެން ކަމުން ވައްކަމުގެ ދައުވާގައި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އޭނާއަށް އައިސްފައި ވާއިރު، ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާގައި އެއް މަހާއި 27 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް