މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިންވެސް މާލެއަށް ވެލައެއް އަރާފައިވެއެވެ. ވެލާއަރާފައިވަނީ މާލޭގެ ސިނަމާލޭ ބްރިޖް ކައިރީ އޮންނަ ވެލިގަނޑަކަށެވެ.
ބައެއް މީހުން ގަބޫލުކުރާގޮތުގައި އެއީ އެ ސަރަހައްދަށް ބިސް އަޅަން އެރި އެއްޗެކެވެ. އެހެންކަމުން އެ ސަރަހައްދުގައި އެ ވަގުތު ތިބި ބައެއް މީހުން ފުލުހުން ކައިރީ އެދުނީ ވެލާ ބިސް އަޅަން ފުރުސަތު ދިނުމަށެވެ. ނަމަވެސް އެފަހަރު ވެލާ ހާލުގައި ޖެހިފައި އޮތް ކަމަށް ބަލައި، އާންމުން ވެލައާ ގާތް ނުވުމަށް އިލްތިމާސްކޮށް އެސަރަހައްދުގައި އެވަގުތުތިބި ފުލުހުން ވަނީ އެވެލާ މޫދަށް ދޫކޮށްލާފައެވެ.
އެހެންނަމަވެސް މިފަހަރުފުލުހުން އަމަލު ކުރީ ތަފާތު ގޮތަކަށެވެ. މިފަހަރު ފުލުހުން ގޮސް ވެލަޔަށް ގޯނާއެއް ނުވާނެ ގޮތަށް އެތަން ބަންދުކޮށް ބަލަހައްޓަން ވަނީ ފަށާފައެވެ.
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިންބުނީ ކުރިން ފަހަރު ވެލާ އެރި ތަނަށް އަނެއްކާވެސް ވެލާ އެރުމުން އެއްވެސް މީހަކު އޭގައި އަތް ނުލަން މިފަހަރު އަންގާފައިވާނެ ކަމަށެވެ.