ads
ނާޒިމް ސައްތާރު ލިއުއްވާފައިވާ ބަހުގެ ގަވާއިދު އެކުލަވާ ލެވިފަވާ ފޮތެއް
ދިވެހި ލަފްޒުގެ ގަވައިދުތައް ހިމެނޭ ފޮތް "ކިއްސަރު" ނެރެފި
ގާނޫނީ ވަކީލް ނާޒިމް ސައްތާރު ލިޔުއްވި ދިވެހި ލަފްޒުގެ ގަވާއިދުތައް ހިމެނޭ ފޮތް "ކިއްސަރު" ނެރެފި އެވެ.
Advertisement

ފޮތް ނެރުމުގެ މައިގަނޑު މަގުސަދަކީ ދިވެހިބަހުގެ އާ ބަސްތައް އުފައްދާ އިރު، ދިވެހި ބަހުގެ ލަފްޒު ގެންގުޅޭ އުސޫލު ތައް މީހުންނަށް އެގުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވެފައި ވަނީ މިފޮތް ވިއްކުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، މިހަފްތާ ތެރޭގައި ލިބޭ ވަރުވާނެށެވެ. އަދި މިފޮތުގެ އަގަކި 350 ރުފިޔާ އެވެ.

އޭނާ ވިދާޅުވީ "ދިވެހި ލަފްޒުގެ ކިއްސަރު" ފޮތަކީ ދިވެހި ބަހުގެ ލަފްޒުތައް އުފެދިފައިވާ ގޮތާއި އަދި ބަސް އުފެއްދުމާ ގުޅޭގޮތުން އިލްމީ ރޮނގުން ލިޔެފައިވާ ފޮތެއް ކަމަށެވެ. 

"އަޅުގަނޑުމެންގެ ކުދިންނަށް ކިޔަވައިދޭ އިރު ނޭނގޭ ކީއްވެގެން ކަމެއް ށ. އޮންނަ ތަނެއްގައި އަލިފް ސުކުން އޮންނަން ޖެހުނީ. ހަމަ އެކަނި އެނގެނީ ކޮށް، ކޮށޭ ކިޔަންޏާ އޮންނަން ޖެހޭނީ ށ، ސުކުން ކަން. ގޮތް ގޮތޭ ކިޔާ އިރު އޮންނަން ޖެހޭނީ އޮންނަން ޖެހޭނީ ތ، ކަަން. ތައް ތަކޭ ކިޔާ އިރު އޮންނަން ޖެހޭނީ އަލިފް ސުކުން ކަން. އެ ފޮތުގައި އަޅުގަނޑު ބުނެދީފައި އޮންނާނެ ގަވާއިދުގެ ގޮތުން ކީއްވެ ކަން އެތާ އެ ސުކުން އޮންނަނީ." ނާޒިމް ވިދާޅުވި އެވެ.

މިބައިތަކަކީ ހަމައެކަނި ޕްރައިމެރީ ކުަދިންނަށް ކިޔަވައިދޭން ޖެހޭ އެއްޗެއް ނޫން ކަމަށާއި، ޔުނިވަސިޓީ ތަކަށް ދިޔައިމަ އެބައިތައް އެނގެން ޖެހޭ ކަމަށާއި، މި ފޮތް ތައްޔާރު ކުރުމުގެ މައިގަނޑު ބޭނުމަކީ އެއީ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އަދި މިފޮތް ހާއްސަ ކޮށް ފައިވަނީ ދިވެހި ބަސް ކިޔަވާ ދަރިވަރުންނަށް ކަމަށް، ޢިލްމީ އެހީތެރިކަން ދިނުމުގެ ގޮތުންނެވެ. މިފޮތުގައި، ދިވެހި އާ ލަފްޒު އުފެދިގެން އަންނަ ގޮތާއި، ލަފްޒު ފުރޮޅިގެންދާ ގޮތާގުޅޭ މައުލޫމާތު ތައް ވަނީ ހިމަނާފައި ކަމަށް އޭނާ ވިދާޅު ވިއެވެ.

އެގޮތުން އެ ފޮތުގައި ވާނީ ޖުމްލަ 138 ސަފުހާ ކަމަށާއި، އެއީ ކިޔަވާ ކުދިންނަށް މުހިންމު ފޮތެއް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް