ads
މެރީ މަރާލި ކަމުގެ ތުހުމަތު ކުރާ ލަމްހާ އާއި މާވިން
ރަނގަޅަށް ތަރުޖަމާކޮށް ނުދެވުމުން މާވިންއަށް ދައުވާ އިއްވޭ ގޮތެއްނުވި
އައިޖީއެމްއެޗުގައި މަސައްކަތްކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރައިލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން އެސް.ވައި ވާގަސްއަށް ކުރާ ދައުވާ އޭނާ އަށް ސާފުވާގޮތް ނުވުމުން އޭނާގެ މައްޗަށް މިއަދު ދައުވާ އިއްވޭ ގޮތެއް ނުވިއެވެ.
Advertisement

މިދިޔަ އޮކްޓޫބަރުމަހުގެ 19 ވަނަ ދުވަހުގައި މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭގައި މޭރީ ދަންޖެހިފައިވާކަމަށް ބުނެ ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ފިރިމީހާ މާވިން އެވެ. އެހެން ނަމަވެސް މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމުން އެނގުނީ މޭރީ މަރާލާފައިވާކަމެވެ. 

މޭރީ މަރައިލީ ބޮލާއި ކަރަށް ހަމަލާދީގެންނާއި, ނޭވާ ހާސްކޮށްގެން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. ދައުލަތުން ބުނި ގޮތުގައި އެކަން ހިނގީ އޮކްޓޯބަރުމަހުގެ 19 ވަނަ ދުވަހުގެ 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައެވެ.

your imageމޭރީ ގްރޭސް ޕިނޭޑާ-----

އެ ގޮތުން މާވިންގެ މައްޗަށް ވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ އުފުލައިފައެވެ. އޭނާއަކީ ވެސް އޭރު އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން އައި ނަރުހެކެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ވަނީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ބާއްވާފަ އެވެ. މިއަދުގެ އަޑު އެހުމުގައި ދައުލަތުން ދައުވާ އިއްވާފަ އެވެ. ނަމަވެސް ދައުލަތުން އިއްވި ދައުވާ ތަރުޖަމާނަކު މެދުވެރިކޮށް މާވިންއަށް ތަރުޖަމާކޮށްދިންއިރު އެކަށީގެންވާ ގޮތެއްގައި ތަރުޖަމާކޮށް ނުދެވޭކަމަށް ދައުލަތާއި ދިފާއުންނާއި ގާޒީ ވެސް ގަބޫލުކުރެއްވިއެވެ. އެހެންކަމުން މާވިންއަށް ރަނގަޅަށް ދައުވާ ސާފުނުވާތީ މިއަދުގެ އަޑުއެހުން ނިންމައިލީ އެވެ.

ގާޒީ ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއް ބާއްވާނީ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތެއް ކޯޓަށް ހާޒިރުކޮށްގެން ކަމަށާއި, އޭރުން ތަރުޖަމާކުރުމުގައްޔާއި, އަޑު ލިބުމުގައި ވެސް ދަތިތަކާއި ކުރިމަތިލާން ނުޖެހޭނެ ކަމަށެވެ.

މި މައްސަލައިގައި ދެން ހައްޔަރުކުރީ މާވިންގެ ލޯބިވެރިޔާ ޅ. ހިންނަވަރު މާފިނި, ލަމްހާ އަބްދުއްރަހްމާނެވެ. ލަމްހާއަކީ ވެސް އައިޖީއެމްއެޗުގެ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ނަރުހެކެވެ. ލަމްހާގެ މައްޗަށް ތިން ދައުވާ އުފުލާފައިވެ އެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއާއި, އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި, ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް