ads
ޝީރީންއާއި އޭނާގެ ލޯބިވެރިޔާ ނަޖާހް--
ޝީރީންގެ މަރުގެ މައްސަލާގައި މާދަމާ ހުކުމް ކުރަނީ
ލ. ގަމު ތުނޑި/ހުރަވީ މަރިޔަމް ޝީރީންގެ މަރުގެ މައްސަލައިގައި ހުކުމް ކުރުމަށް ބާއްވާ ޝަރީއަތް މާދަމާއަށް ސުޕްރިމް ކޯޓުން ތާވަލުކޮށްފި އެވެ.
Advertisement

މީގެ 13 އަހަރު ކުރިން 2009 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހުގައި ޝީރީން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ މ. އަންގާގިރީގައި ހުރި ކުނިތަކެއްގެތެރޭގައި އޮތް ފޮށްޓެއްގެތެރޭގައި މަރުވެފައި އޮއްވައެވެ.

މި މައްސަލައިގައި ދައުވާ އުފުލީ ޝީރީންގެ ލޯބިވެރިޔާ ނަޖާހްގެ މައްޗަށެވެ. ނަޖާހުގެ މައްޗަށް ގަސްތުގައި މީހަކު މަރައިލިކަމުގެ ދައުވާ އުުފުލާފައިވާއިރު, ދައުލަތުން ބުނެފައިވަނީ ޝީރީން މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ފޮށްޓަކަށް ލައިގެން ޓެކްސީއެއްގައި ގެންގޮސް މ. އަންގާގިރީގައި ބެހެއްޓީ ނަޖާހު ކަމަށެވެ. ނަމަވެސް ނަޖާހް އެކަމަށް އިންކާރު ކުރެ އެވެ.

މި މައްސަލައިގައި ދަށުކޯޓުން ނަޖާހު ސަލާމަތްވުމުން ދައުލަތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން, އެ ކޯޓުން ވަނީ ގަސްދަކާއި ނުލައި މީހަކު މަރާލާފައިވާކަން ނަޖާހްގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި 12 އަހަރަށް އޭނާ ޖަލަށްލުމަށް ހުކުމްކޮށްފައެވެ. ހައިކޯޓުގެ އެ ނިންމުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރީ ނަޖާހުގެ ފަރާތުން ނެވެ.

މި މައްސަލައިގައި ސްޕްރީމް ކޯޓުގައި މިހާތަނަށް ފަސް އަޑުއެހުން ވަނީ ބާއްވާފައެވެ. އެ ގޮތުން މިދިޔަ ނޮވެމްބަރު 22 ގައި ބޭއްވި އަޑުއެހުމުގައި އޮތީ ދެ ފަރާތުން ހުލާސާ ބަޔާން އިއްވުމެވެ.

އެ ދުވަހު ނަޖާހް ވަނީ ޝީރީން މަރުވެފައިވާ ގޮތެއް އެއްގޮތަކަށް ވެސް އޭނާއަށް ނޭނގޭ ކަމަށާއި, އޭނާ ހައްޔަރުކުރީ ޝީރީނާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ ކަމަށް ބުނެފަ އެވެ. އަދި 2009 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް 22:30 ހާއިރު އޭނާއަށް އޮތީ ނިދިފައި ކަމަށާއި, އޭރު ޝީރީން އޮތީ އާ އަހަރު ފެށޭ ރޭ ކަމަށްވާތީ 00:00 ހާއިރު ކޮންމެ ވެސް ތަނަކަށް ދާން ބުނެފަ ކަމަށާއި, ނަމަވެސް ހޭލެވުނީ ދަންވަރު ގާތްގަނޑަކަށް 03:00 ޖެހިއިރުކަމަށް ނަޖާހް ވަނީ ބުނެފަ އެވެ. 

ހަމައެހެންމެ ހޭލެވުނުއިރު ޝީރީންއެއް ކޮޓަރީގައި ނެތް ކަމަށާއި, ޝީރީން ގެއްލުމުން ފުލުހުންނަށާއި, ޝީރީންގެ އާއިލާއަށް ރިޕޯޓުކުރީ އަމިއްލައަށް ކަމަށެވެ. އަދި އޭނާ ގެންދިޔަ ފޮށްޓަކީ ޝީރީން ނެތުމުން އެ ކޮޓަރިން ނިކުތުމަށް އެންގުމުން އަންނައުނު އަޅައިގެން ގެންދިޔަ ފޮއްޓެއް ކަމަށާއި, އެ ފޮށި ހިފައިގެންދިޔައީ އެލްސިއޯން ބޭކަރީ ފުރަގަހުގައި ހުރި އޭނާ ވަޒީފާ އަދާކުރާ ތަނުގައި އުޅުނު ބޭރުމީހުން ބައިތިއްބާފައި ތިބި ތަނަކަށް ކަމަށެވެ.

އެ ދުވަހުގެ އަޑުއެހުމުގައި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ މައްސަލައިގަ އަޑުއެހުންތައް ނިމުނީ ކަމަށާއި, މި މައްސަލައިގައި އެހެންކަމެއް ސާފުކުރަން ނުޖެހޭ ނަމަ, ދެން ޝަރީއަތުގެ މަޖިލީހެއް ބާއްވާނީ މި މައްސަލައިގަ ހުކުމެއް ކުރުމަށްޓަކައި ކަމަށެވެ.

ސްޕްރީމް ކޯޓުން މިއަދު ބުނީ މި މައްސަލައިގެ އަޑުއެހުމެއް މާދަމާ އޮންނާނެ ކަމަށެވެ. އެ އަޑުއެހުން އޮންނާނީ މާދަމާ 12 ޖަހާއިރުކަމަށް ކޯޓުން ވަނީ ބުނެފައެވެ.

ސްޕްރީމް ކޯޓުގެ އޮފިޝަލަކު ސީއެންްއެމް އަށް ވިދާޅުވީ މާދަމާ އޮންނާނީ މި މައްސަލައިގައި ހުކުމްކުރުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް