ads
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ
"ވެރިކަމުގައި އެމްޑީޕީގެ ރައީސްއަކު ހުއްޓަސް، މަޖިލީހުގައި މެޖޯރަޓީ އޮތަސް، ރޮވޭ ވަރުވޭ"
ވެރިކަމުގައި ހުންނެވީ އެމްޑީޕީގެ ރައީސްއެއް ނަމަވެސް، އަދި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެޖޯރަޓީ އޮތަސް ފެންނަ މަންޒަރުތަކުން ލޮލުން ކަރުނަ އަންނަ ކަމަށް އެމްޑީޕީގެ ޗެއަ ޕާސަން ކަމަށް ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެ އެވެ.
Advertisement

"ތިލަފަތުގެ ރަމްޒު" އިންތިގެ މެނިފެސްޓޯ އިފްތިތާހު ކުރުމަށް މިރޭ ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިމްތި ވިދާޅުވީ، އެމްޑީޕީގެ ރޫހު ދަމަހައްޓާ، ޕާޓީގެ އިތުބާރު ދެމެހެއްޓުމަށް ލިބޭނެ އެންމެ ރަނގަޅު އެއް ފުރުސަތަކީ މިހާރު ލިބިފައިވާ ފުރުސަތު ކަމަށެވެ. 

މިހާރު އޮތީ އެމްޑީޕީގެ ސަރުކާރެއް، އަދި ޕާޓީގެ ސުޕަމެޖޯރަޓީ އޮތް ރައްޔިތުންގެ މަޖިލީހެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ނަމަވެސް ހިތާމައަކީ މިއަދު އެކަން އޮތީ އެންމެ ހިތް އެދޭ ގޮތަށް ކަމަށް ނުވުމުން ކަމަށެވެ.

" ލޮލުން ކަރުނަ އަންނަ ހިސާބަށް ބައެއް ފަހަރު އެ ހާލަތު އެބަދޭ. ވަރަށް ދެރަވާ ހިސާބަކަށް އެބަދޭ. އަޅުގަނޑުމެން ނުހަނު ލޯބިވާ މި ޕާޓީ ބިނާވެގެންވާ އުސޫލުތަކާއި، ފަލްސާފާ، އަދި އަސާސްތައް އަޅުގަނޑުމެން ބޭނުންވާ ނޫންގޮތަކަށް ދާތަން އެބަފެނޭ. ވަރަށް ސީރިއަސް ކަމާއިއެކު އަޅުގަނޑު މިވާހަކަ މިދަންނަވަނީ. މިއީ އަޅުގަނޑުމެންގެ ކިތަންމެ ބައެއްގެ ގުރުބާނީއެއް. ނުހަނު ބޮޑު ގުރުބާނީތައް ވެގެން އަޅުގަނޑުމެނަށް އާދެވިފައިވާ ހިސާބެއް މިއަދު މިއީ އެކަމަކު މިއަދު ކަންކަން ވަމުންދާ ގޮތަކީ އަޅުގަނޑު ހިތާމަ ކުރާ ކަމެއް" އިމްތި ވިދާޅުވިއެވެ.

އެގޮތުން އެތެރޭގެ މުހިންމު އިންތިހާބެއް ބޭއްވުމަށް ތައްޔާރުވަމުންދާ މިދަނޑިވަޅަކީ ރީތި ގޮތުގައި ކެމްޕެއިންނެއް ކުރަންޖެހޭ ހާލަތެއް ނަމަވެސް ސަރުކާރަށް ނިސްބަތްވާ ބައެއް ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިން "ހެސް ކިޔާފައި" ކެމްޕެއިން ކުރަމުންދާ ކަމަށާއި، އަދި އެބޭފުޅުންގެ ދަށުގައި ތިބޭ މުވައްޒަފުންނަށް ވަކި ގޮތަކަށް ވޯޓުލުމަށް މަނާ ކުރަމުންދާ ކަމަށް އިމްތި ތުހުމަތު ކުރެއްވި އެވެ.

ފޭސްބުކުގައި ޕޯސްޓެއް ކޮށްލުންވެސް މަނާކޮށް އެކަން ކޮށްފިނަމަ ވަޒީފާގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން ދުރުކުރާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށާއި، އެމްޑީޕީގެ އުސޫލުތަކަކީ އެއީ ނޫން ކަމަށް އިމްތި ވިދާޅުވިއެވެ. 

" ހަމަ އެގޮތަށް ސަރުކާރަށް މީހަކު މުހުތާދެއް ފުއްދުމަަށް މީހެއްގެ ކަންބޮޑުވުމެއް ނުވަަތަ ކޮންމެވެސް ކަމަކަށް އެދިގެން ސިޓީއެއް ފޮނުވަނީ. އެގޮތަށް ފޮނުވާފައި އައިސް އަޅުގަނޑުމެނަށް ހިތުގެ ފުން މިނުން އެބަ ތާއީދުކުރޭ. ވޯޓުވެސް އަޅާ އެހެންނަމަވެސް އެ ޝުއޫރު ފާޅުކުރުމަށް ޖެހިލުންވާ ކަމަށް އެބޭފުޅުން އަޅުގަނޑުމެންނަށް އެބަ ޝަކުވާ ކުރޭ" އިމްތި ވިދާޅުވިއެވެ.

އިމްތި ވިދާޅުވީ، އެމްޑީޕީ އުފެދުނީ ހިޔާލުފާޅުކުރުމާއި އެމީހަކު ތާއީދުކުރަން ބޭނުންވާ މީހަކަށް އެމިނިވަންކަން ހޯދައިދީ، ބިރުން އެއްކިބާވެގެން ވޯޓު ކަރުދާސް ފޮއްޓަށް ވައްޓާލުމުގެ ހައްގު ހޯދުމަށް ކަމަށެވެ. އަދިވެސް އެ ހައްގު ހޯދާނެ ކަމަށާއި، ޕާޓީ ނަގަހައްޓާނެ ހަމަތަކާއި އުސޫލުތަކަކީ އެއީ ކަމަށެވެ.

50%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
36%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް