ޖުމްލަ 122 މީހުންނާއެކު ގދ. ތިނަދޫގެ ގިނަބަޔަކު ގއ. ވިލިގިއްޔަށް މާޗް 2004 ގައި ކުރި ދަތުރަކީ ތިނަދޫގެ މީހުންނެކޭ އެއްފަދައިން ދިވެހިން މިއަދުވެސް އެދުވަހުގެ ހަދާން އާކޮށް ދުނިޔެ ދޫކުރި ގިނަފަރާތް ތަކުގެ ހަދާން އާކުރަމުންދާ ދުވަހެކެވެ.
އެނަމާ ބަންޑުން ޖަހާލި ހާދިސާގައި، މަރުވި މީހުންގެ މަހާނަ: ފޮޓޯ ގޫގްލް
ބުނެވޭ ގޮތުގައި، އެނަމާ ބޯޓު ފުރާ، ތިނަދޫ މީހުން އެދުވަހު ވިލިގިއްޔަށް ދިޔައީ، ދިވެހި ލީގަށް ކޮލިފައިވާން ޒޯން ހަތެއްގެ ތިނަދޫ މަސްވެރިންގެ ރޫހާއި، ގއ. ވިލިނގިލީ މަސްވެރިންގެ ކުލަބާއި، ވިލިނގިއްޔާއި ބައްދަލުކުރި މެޗު ބެލުމަށް ތިނަދޫ ސަޕޯޓަރުން ގޮވައިގެން ނެވެ.
ވިލިގިލީގައި ކުޅުނު އެ މެޗުން ބަލިވީ ތިނަދޫ ޓީމެވެ. އެހެން ނަމަވެސް ސަޕޯޓަރުން ތިބީ ފޯރީގައެވެ. އެ ޓީމުގެ ސަޕޯޓަރުން ބޯޓަށް އެރީ އިރު އޮއްސި 6:50 ހާއިރުއެވެ. ދަތުރު ކުރަމުން ގޮސް ބައިގަނޑި އެއްހާއިރު ވީތަނާ ބޯޓުގެ އިންޖީނު ހުއްޓުނެވެ. އޭގެ ފިލްޓަރެއް ބަދަލުކޮށް އަލުން ދަތުރު ފެށިއެވެ.
ދަތުރުގެ އަމާން ކަމާއެކު ބޯޓުގައި ގިނައަދަދެއްގެ ބަޔަކު މަޖާކޮށް ސަކަރާތް ޖަހަމުން ދިޔައެވެ. ލަވަކިޔާ މަޖާ ނަގަމުން ދިޔައެވެ. ކުއްލި ގޮތަކަށް ބޯޓަށް ލޮޅުމެއް އެރި ކަމުގެ އިހުސާސް ދަތުރުގެ ބައިވެރިންނަށް ކުރުވިއެވެ.
މެޗު ބެލުމަށްފަހު، ދަތުރުގެ ބައިވެރިން އެނބުރި ތިނަދޫއަށް ކުރިދަތުރުގެ އަމާން ކަން ކަން ގެއްލި ދިޔައީ އެހާ ހިސާބުންނެވެ.
ބުނެވޭ ގޮތުގައި ބޯޓާއި ގާތްގަނޑަކަށް 40 ފޫޓު ދުރުން ދަތުރު ކުރަމުންދިޔަ "އަރުތަ" ނަމަކަށް ކިޔާ ތިނަދޫ މަސްދޯންޏެއްގެ މޯހިރުން އުފެދުނު ރާޅެއްގައި ޖެހި އެނަމާ ބޯޓު އަރި އަޅާލީއެވެ. ބޯޓުގައި ތިބި މީހުންނާ އެކު ބޯޓު މާކަނޑުގެ މެދަށް ބަންޑުން ޖަހާލި އެވެ. އޭރު ގަޑިން 8:30 އެހާކަށް ހާއިރެއެވެ.
އެރޭ ބޯޓު ދަތުރު ކުރަމުން ދިޔައިރު އޭގައި 88 ފުޅި ކައްކާ ގޭސް ހުސްކުރި ސިލިންޑަރާއި ހޮސްޕިޓަލުގެ މެޑްއޮކްސިޖަން ހުސްކުރި 10 ފުޅިއާއި ދަތުރުގެ ބައިވެރިން ފިޔަވާ އެއްވެސް އެއްޗެއް ބޯޓުގައި ބަރުކޮށްފައި ނެތް ކަމަށް ސަލާމަތްވި މީހުން ބުނެއެވެ.
ބޯޓް ދުއްވަމުން ދިޔައިރު ދަތުރުގެ ބައިވެރިން ތިބީ ބޯޓު މަތީގައެވެ. ދަތުރުކުރަމުން ދަނިކޮށް ބޯޓުގެ މަތީބަޔަށް މީހުންތައް އެރުން އެއީ އޭގެ ބެލެންސް ގެއްލުނު އެއްސަބަބުކަމަށް ގިނަ މީހުން ދެކެއެވެ. އަދި އެބޯޓުގެ ކައްޕި މިގެ ކުރިން ބުނެފައި ވެއެވެ.
އަދި ޒާހިރު ބުނެފައިވަނީ ވިލިގިލިން ފުރައިގެން ދެއްވަދޫ އާ ހަމައަށް ބޯޓަށް ދެވުނު އިރުވެސް އެއްވެސް ގޮތަކަށް ބޯޓު ރޯލުނުކުރާ ކަމަށާއި، ކުޑަ ކުޑަ ރާޅުގައި ޖެހި އެއްފަރާތަށް އަރިވެލާފައި އަނެއްފަރާތަށް ދިޔަގޮތަށް ބޯޓު ބަންޑުންޖަހާލީ ކަމަށެވެ.
އަދި ޒާހިރު ބުނެފައި ވަނީ ބޯޓު ބަންޑުން ޖަހާލި ވަގުތު އިންޖީނު ރޫމުގައި ރޯވެފައި ހުރި މަންޒަރު އޭނާއަށް އެވަގުތު ފެނިފައިވާ ކަމަށެވެ. އަދި ރޯވި އަލިފާނުގެ އޭގެ ދުންގަނޑު މުޅިބޯޓަށް ފެތުރުނުކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
އެ ހާދިސާ ހިގާ އެންމެން ކަނޑުވެފައި ތިއްބާ ފުރަތަމަ އެހީވީ ކައިރިން ދިޔަ ތިނަދޫ އަރުތަ ދޯނި ކަމަށާއި، ޢޭގެފަހުން ގއ.ދާންދޫ މިޔަރެން ނަމަކަށް ކިޔާ ދޯޏެއް އެސަރަހައްދުން ދަތުރުކުރި ނަމަވެސް އެދޯނި އެހީތެރި ކަމެއް ފޯރުކޮށެއް ނުދެއެވެ.
އެ ކާރިސާއިން ބައެއް މީހުން މަރުވި ނަމަވެސް ސަލާމަތްވީ މީހުން ބުނެފައިވާ ގޮތުގައި މިޔަރެން ދޯނީގެ އެހީތެރިކަން އެވަގުތު ލިބުނު ނަމަ އެމީހުންގެ ތެރެއިން ގިނަބަޔަކު ސަލާމަތް ކުރެވޭނެ އެވެ. ނަމަވެސް އެ ދޯނި ވަނީ ބޯޓާއި ކައިރިން ދަތުރު ކޮށް، މާކަނޑުގެ މެދުގައި އެންމެން އެހާލުގައި ތިއްބާ 12 ޓަނުގެ މަސް ދޯނީގައި އެބަހުއްޓޭ ބުނެ މަޑުނުކޮށް މިދަނީ ކޫއްޑޫ އަށް މަސްކިރުވާށޭ ކިޔާފައި ގޮސްފައެވެ.
އެ ބޯޓުގައި ތިބި މީހުންގެ ތެރެއިން ބަޔަކު މީހުން މަރުވެ، ބަޔަކު މީހުން ވީނުވީ އެއް ނޭނގި ވަނީ ގެއްލި ފައެވެ. އެހާދިސާ އަކީ މުޅި ރާއްޖެ އަށް ހިތްދަތި ކަން ގެނުވި ނުރައްކާ ތެރި ހާދިސާ އެކެވެ. އެ ހާދިސާގެ މަންޒަރު ހިިތަށް ސިފަވުމުން ތިނަދޫގެ ރައްޔިތުންނެކޭ އެއްފަދައިން ކޮންމެ ދިވެހި ރައްޔިތަކު ވެސް ލޮލުން ކަރުނަ ފާއްދާލަ އެވެ.
އެނަމާ ހާދިސާގައި މަރުވި އެންމެހާ އަޙުންނާއި އުޙުތުން: ފޮޓޯ/ ގޫގްލް
މި ހާދިސާ އަކީ ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ ކަނޑުމަތީގެ އެންމެ ނުރަކާތެރި ބިރުވެރި އަދި އެންމެ ގިނަ މީހުން ކަނޑުވެ، މިފަނާވަނިވި ދުނިޔެ އާއި އަލްވަދާއު ކިޔާފައިވާ ހިތްދަތި ހާދިސާ އެވެ. އެނަމާ ބޯޓް ހާދިސާގައި، މި ދުނިޔެއާއި ވަކިވި އެންމެހާ އަހުންނާއި، އުހުތުންގެ ފާފަ ފުއްސަވާ ސުރުގެ މިންވަރު ކުރައަވާ އަދި އާއިލާ ތަކަށް ކެތްރެރި ކަމާއި، ހެޔޮ އަޖުރު ދެއްވާށި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;