ads
ކޮނޑޭ ކޯޓުގެ އިސް މެޖިސްޓްރޭޓް. ފޮޓޯ: ޖޭއެސްސީ
މުސާރަ ނުލިބޭ ގޮތަށް ކޮނޑޭގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި
ގއ.ކޮނޑޭ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް ސަސްޕެންޑްކޮށްފިއެވެ.
Advertisement

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ, ކޮނޑޭ ކޯޓަށް ހުށަހެޅުނު މައްސަލައެއް މެޖިސްޓްރޭޓް މުހައްމަދު އިބްރާހީމްގެ މަސްލަހަތު ފުށުއަރާތީ, އެ މައްސަލައިން އޭނާ ތަނާޒުލުވުމުމަށްފަހު, އެ މައްސަލާގައި ދައުވާ ލިބޭ ފަރާތުގެ ވަކީލުންނަށް ފޮނުވާފައިވާ ކޯޓު އަމުރުތަކުގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި އެ އަމުރުތަކުގައި ސޮއިކުރުމަށް މުހައްމަދު އިބްރާހީމް ކައިރީ އެދިފައި ނުވާނެކަމަށް އެ މައްސަލައާއި ހަވާލުވެހުރި މެޖިސްޓްރޭޓް ބުނެފައިވާކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

ޖޭއެސްސީން ބުނީ އެ ގަޒިއްޔާއާއި ގުޅިގެން ދައުވާ ލިބޭ ފަރާތާއި މުއާމަލާތު ކޮށްފައިވާ ހުރިހާ ލިޔުމެއްގައި ސޮއިކޮށްފައިވަނީ މުހައްމަދު އިބްރާހީމް ކަމަށްވާތީ, އޭނާގެ މަސްލަހަތު ފުށުއަރާ މައްސަލައެއް ހިންގުމަށްޓަކައި އަމަލީ ގޮތުން މަސައްކަތް ކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.

އެ ގޮތުން ބަލާއިރު މުހައްމަދު އިބްރާހީމްގެ މި އަމަލުތަކަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި, ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް ކޮށްފައިވާ އަމަލެއްކަން ވެސް ޖޭއެސްސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް މިއަދުން ފެށިގެން އެއް މަސް ދުވަހަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރުމަށް އިއްޔެ ބޭއްވި ކޮމިޝަނުގެ މި އަހަރުގެ 18 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް