ads
ބަންދުކުރެވޭ މަގުތައް ދައްކައިދޭ ތަސްވީރެއް. ފޮޓޯ: ފުލުހުން
ދުވާ ޓްރެކް ހިމެނޭ ސަރަހައްދުގެ ބައެއް މަގުތައް މިއަދު ބަންދު ކުރަނީ
މޯލްޑިވްސް ސްޕޯޓްސް އެވޯޑް ރަސްމިއްޔާތާ ގުޅިގެން ދުވާ ޓްރެކް ހިމެނޭ ސަރަހައްދުގެ ބައެއް މަގުތައް މިއަދު ބަންދުކުރަން ނިންމައިފި އެވެ.

ފުލުހުން ބުނީ ސްޕޯޓްސް އެވޯޑް ރަސްމިއްޔާތުގެ ސެކިއުރިޓީ ބެލެހެއްޓުމަށްޓަކައި ދުވާ ޓްރެކް ހިމެނޭ ސަރަހައްދުގެ ބައެއް މަގުތައް އާންމު ދަތުރުފަތުރަށް ބަންދު ކުރާނީ މިއަދު ހަވީރު 18:00 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެކަށް ކަމަށެވެ.

އެ ގޮތުން އާންމު ދަތުރު ފަތުރަށާއި, ފައިމަގުގައި އުޅޭ ފަރާތްތަކަށް ބަންދު ކުރުމަށް ހަމަޖެހިފައިވާ މަގުތަކުގެ ތެރޭގައި ބޮޑުތަކުރުފާނުމަގު އިއްޒުއްދީންމަގާއި ގުޅުނު ހިސާބުން ފެށިގެން ބޮޑުތަކުރުފާނުމަގު އާމިނާރަނި ހިނގުމާ ހަމައަށް ހިމެނެ އެވެ.

އޭގެ އިތުރުން ހިލާލީމަގު އާޒާދީ ހިނގުން ގުޅުނު ހިސާބުން ފެށިގެން ހިލާލީމަގު ބޮޑުތަކުރުފާނުމަގާއި ހަމައަށް އަދި މާފަތް ކިލެގެފާނު ހިނގުން ބޮޑުތަކުރުފާނުމަގާއި ގުޅުނު ހިސާބުން ފެށިގެން މާފަތްކިލެގެފާނު ހިނގުން އަމީނީމަގާއި ހަމައަށް ވެސް ބަންދު ކުރާނެ އެވެ.

ހަމައެހެންމެ ވައިދެރި ހިނގުން ހުދުފަޅު ހިނގުން ގުޅުނު ހިސާބުން ފެށިގެން ވައިދެރި ހިނގުން ބޮޑުތަކުރުފާނުމަގާއި ހަމައަށާއި, ހުދުފަޅު ގޯޅި ބޮޑުތަކުރުފާނުމަގާއި ގުޅުނު ކަންމައްޗާއި, ކުރެދި ގޯޅި ބަންދުކުރުމަށް  ވެސް ވަނީ ހަމަޖެހިފަ އެވެ.

ފުލުހުން ހާމަކުރި ގޮތުގައި ޕާކިންއަށް ހުސްކުރުމަށް ބޮޑުތަކުރުފާނު މަގު މޭރީ ބްރައުން ކުރިމަތި ޕާކިން ޒޯނާއި, މާފަތް ކިލެގެފާނު ހިނގުން ބޮޑުތަކުރުފާނު މަގާއި ގުޅުނު ހިސާބުން ފެށިގެން މާފަތްކިލެގެފާނު ހިނގުން އަމީނީމަގާއި ދެމެދު ޕާކިން ޒޯނާއި, ކުރެދި ގޯޅި ޕާކިން ޒޯން ހިމެނެ އެވެ.

ފުލުހުން ބުނީ އެ ސަރަހައްދުތައް މިރޭ އޮންނަ ރަސްމިއްޔާތަށާއި, މާދަމާ ރޭ އޮންނަ މިއުޒިކް ޝޯއަށް 19:00 އިން ފެށިގެން ހަރަކާތްތައް ނިމެންދެން ޕާކިންއަށް ބަންދުކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ބަދަލުތަކަށް ދުރާލައި ތައްޔާރުވެ, ބަންދުކުރެވިފައިވާ މަގުތައް ނޫން އެހެން މަގުތައް އިހުތިޔާރުކޮށްގެން ދަތުރުފަތުރުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް