ads
ފްލޯޓިން ސިޓީ ތަރައްގީކޮށް ނިމޭ އިރު ހުންނާނެ ގޮތް——
ފްލޯޓިން ރަށްތައް ބައިނަލްއަގުވާމީ އެވޯޑަކަށް ޝޯޓްލިސްޓް ވެއްޖެ
މާލޭ ސަރަހައްދުގެ ފަޅުތެރޭގައި ހަދަން ތަރައްގީކުރަމުންދާ "ފްލޯޓިން ސިޓީ" ބައިނަލްއަގުވާމީ ފަހުރުވެރި އެވޯޑެއް ކަމަށްވާ އެމްއައިޕީއައިއެމް އެވޯޑަށް ޝޯޓްލިސްޓް ވެއްޖެ އެވެ.
Advertisement

އިމާރާތް ކުރުމުގެ ދާއިރާއިން ދެމުންގެންދާ އެންމެ ފާހަަގަކޮށްލެވޭ މި އެވޯޑު މަޝްހޫރުވެފައިވަނީ "އޮސްކާސް ފޯ ގްލޯބަލް ޑިވެލޮޕްމެންޓް" ގެ ނަމުންނެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްގީކުރާ "ފްލޯޓިން ސިޓީ" މި އެވޯޑަށް ޝޯޓްލިސްޓް ވެފައި ވަނީ "ބެސްޓް ފިއުޗެރާ މެގަ ޕްރޮޖެކްޓް" ގެ ކެޓެގަރީން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ 161 ޑިވްލޮޕްމެންޓަލް ޕްރޮޖެކްޓްގެ ތެރެއިންނެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި ތަރައްގީކުރެވޭ ފްލޯޓިން 5،000 ގެ އެޅުމުގެ މަސައްކަތް، ސަރުކާރުން ހަވާލުކުރި، ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް އާއި ބައިސަން މޯލްޑިވްސްއާ ދެމެދު އެއްބަސްވުމުގައި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ ސޮއި ކޮށްފައެވެ.

މާލެއިން ފުރައިގެން ސްޕީޑް ލޯންޗުގަައި ފަސް މިނެޓުން ދެވޭ މި ފްލޯޓިން ލޭންޑުގައި ތަރައްގީ ކުރާ 5000 ގެތަކުގެ ތެރެއިން ފުރަތަމަ ގެ ކުރިއަށް އޮތް ރޯދަމަހަށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން މީގެ ކުރިން ވަނީ ބުނެފައެވެ.

ފުރަތަމަ ހަދާ ގެތައް ނިމުމުން ފްލޯޓިން ސިޓީއަށް ޒިޔާރާތް ކުރަން އާއްމުންނަށް ހުއްދަ ލިބިގެންދާއިރު، އެ ސަރަހައްދުގައި ތަރައްގީކުރާ އެހެން ގެތައްް ބަލާލުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް އެ ކުންފުނިން ބުނެެއެވެ. 

މި ސިޓީގައި މިޑްލް ރޭންޖުން ހައި-އެންޑްގެ ގެތައް ހުންނައިރު، ގެތަކުގެ އަގު އުޅޭނީ ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާގަ އެވެ. ފްލޯޓިން ސިޓީގެ މި ގެތައް އިންސްޓޯލްމެންޓް އުސޫލުގެ އިތުރުން މޯގޭޖް އުސޫލުން ލޯނު ނަގައިގެން ގަތުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. 

މި ފްލޯޓިން ލޭންޑުގައި ފްލޯޓިން ސިޓީގައި ސްކޫލާއި ހޮސްޕިޓަލުގެ އިތުރުން މޯލް ތަކާއި، ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހެދުމަށް ހަމަޖެހިފައިވެ އެވެ.

ބައިސަން މޯލްޑިވްސްގެ ފައުންޑާ އަދި މެނޭޖިން ޑިރެކްޓާ އަބްދުލް މަޖީދު ވިދާޅުވީ، މިފަދަ ތަފާތު ޕްރޮޖެކްޓެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން އުފާ ކުރާ ކަމަށާއި، އަމާޒަކީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާލުން ކަމަށެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް