ads
އެސްޓީއޯގެ ނިޕޯން ރަމަޟާން ބާޒާރު ޕްރޮމޯޝަން ފަށުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެސްޓީއޯގެ ނިޕޯން ރަމަޟާން ބާޒާރު ޕްރޮމޯޝަން ފަށައިފި
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންއިން މި އަހަރުގެ ރޯދަ މަހާއި ދިމާކޮށް ނިޕޯން ރަމަޟާން ބާޒާރު ޕްރޮމޯޝަން ފަށައިފިއެވެ.
Advertisement

އެސްޓީއޯގެ ޕެއިންޓް ޝޯރޫމްގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ޕްރޮމޯޝަން އިފްތިތާހު ކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސެން އަމްރު މުހައްމަދު ރަޝާދުއެވެ.

އެސްޓީއޯއިން މައުލޫމާތު ދޭ ގޮތުގައި މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އޭޕްރީލް މަހުގެ 30 ވަނަ ދުވަހާއި ހަމައަށެވެ. އަދި މި ޕްރޮމޯޝަންގެ ދަށުން ކުލައާއި ދަވާދު ގަންނަ ފަރާތްތަކަށް 20 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ލިބިގެން ދާނެ ކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.  

މި ޕްރޮމޯޝަންގެ ތެރެއިން ޕެއިންޓް އައިޓަމް ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ލަކީޑްރޯއެއްގައި ބައިވެރި ވުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. 

"މި ލަކީޑްރޯގައި ބައިވެރިވެވޭނީ 1000 ރުފިޔާ އިން މަތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ކަމަށާއި، ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ޑިޖިޓަލް ކޫޕަންއެއް ލިބޭނެ. ޕްރޮމޯޝަން ނިމުމުން ނަސީބުވެރި ފަރާތެއް ހޮވައި، އެ ފަރާތަށް ޝީޝާގެ ސްކޫޕީ ކުލަބް 12 ގެ ސައިކަލެއް ލިބިގެންދާނެ." އެސްޓީއޯއިން ބުންޏެވެ.

މީގެ އިތުރުން އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަންގައި ތަފާތު އެކި އަގުހުރި އިނާމުތައް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް