އަލް ސަލާމީ ހައެއްގެ ނަމުން ނަންދީފައިވާ މި ބޯޓަކީ ދުބާއީގެ ސަލާމް އަލް މަކްރާނީ ކާގޯ ކޮމްޕެނީން އޮޕަރޭޓް ކުރަމުންދާ ބޯޓެކެވެ. އެ ކުންފުންޏާއި ހަވާލާދީ ރޮއިޓާސްގައި ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ، އެ ބޯޓު ބަންޑުން ޖަހާލީ އީރާނުގެ އައްސޭރިފަށުން ކަމަށާއި އެ ބޯޓުގައި އެވަގުތު 30 ފަޅުވެރިން ތިބިކަމަށެވެ.
މީގެ އިތުރުން އެ ކުންފުނިން ބުނީ ބޯޓު ބަންޑުން ޖަހާލީ މޫސުން ގޯސްވުމުން ކަމަށާއި، ބޯޓުގައި ތިބި މީހުން ސަލާމަތް ކުރުމުގެ ތަރުޖަމާނު އިތުރަށް ވިދާޅުވީ، މި ފާމްއިން އީރާނުގެ އަސަލުއްޔިހް ޕޯޓް އޮތޯރިޓީއާއި، ބަހްރެއިންގެ އޭރިއަލް ރެސްކިއު ސާވިސަސްއާ ވެސް މުއާމަލާތް ކުރަމުން އަންނަ ކަމަށެވެ.
މިހާތަނަށް މި ބޯޓުން ދަތުރުކުރި 30 މީހުންގެ ތެރެއިން 16 މީހުން ކަނޑުން ނަގާފައި ވާކަމަށާއި، 11 މީހަކު އަދިވެސް ތިބީ ކަނޑުމަތީ ލައިފް ބޯޓު ތަކުގެ މަތީ ކަމަށެވެ. އަދި ބާކީ ތިބި ތިން މީހުން އަދި ފެނިފައި ނުވާކަމަށްވެސް ރިޕޯޓް ކޮށްފައި ވެއެވެ.
އެ ބޯޓު ބަންޑުން ޖަހާލި އިރު އޭގައި ގިނަ އަދަދެއްގެ މުދާ ހުރި ނަމަވެސް އޭގައި ހުރީ ކޮން ބާވަތެއްގެ މުދަލެއް ކަމެއް އެއްވެސް އިދާރާއަކުން އަދި މިހާތަނަށް ހާމަ ކޮށްފައި ނުވެއެވެ. އެހެން ނަމަވެސް އެ ބޯޓުގައި 26 މިލިއަން ޑޮލަރުގެ މުދާ ހުރިކަމަށް ބައެއް ރިޕޯޓްތަކުން ވަނީ ފާހަގަ ކޮށްފައެވެ.