ads
ބައިނަލް އަގުވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމާއި ގުޅޭގޮތުން އޮފީހެއްގައި ބޭއްވި ބައްދަލުވުމެއްގެތެރެއިން ފައިލް ފޮޓޯ
ދުވަސްވީ، ހާލުދެރަ ބައްޕައަކު ބަލައިދޭނެ ބަޔަކު ހޯދަން އަންހެން ދަރިއަކު މަސައްކަތް ކުރަނީ
ދުވަސްވީ ބައްޕައަކު ބަލައިދޭނެ ދެފިރިހެނުން ހޯދަން ރާއްޖޭގެ ރަށެއްގެ އަންހެނެއް މަސައްކަތް ފަށައިފިއެވެ.
Advertisement

ސީއެންއެމްއަށް އެ އަންހެން މީހާ ކިޔައިދިން ގޮތުގައި ހަމައެކަނި ބޭނުންވަނީ އޭނާގެ 80 އަހަރުގެ ބައްޕަގެ ނެޕީ ބަދަލު ކޮށްދޭނެ ބަޔަކު ހޯދުމަށެވެ. އެކަން ކޮށްދޭ ބަޔަކަށް އެގޭގައި ދިރިއުޅެވޭނެ ކަމަށާއި އަދި އެކަށީގެންވާ އުޖޫރައެއް ދޭނެ ކަމަށް އޭނާ ބުނެއެވެ. 

އޭނާ ވަނީ ފޭސްބުކާއި ބައެއް ވައިބާ ގްރޫޕްތަކުގައިވެސް އެކަމަށް އެދި ޕޯސްޓް ކޮށްފައެވެ. 

"ހަމައެކަނި ބޭނުންވަނީ ނެޕީ ބަދަލުކޮށްދޭނެ ބަޔަކު. ދެމީހަކު ތިބެގެން އެކަން ވާނީ . އެހެންވެ ދެމީހުން ބޭނުންވާކަމަށް ބުނަނީ" ފިރިއަކާނުލައި ދެކުދިން ބަލަމުންދާ އެއަންހެންމީހާ ބުންޏެވެ. 

އޭނާ ބުނީ އޭނާގެ ބައްޕަގެ އެއްފަޅި ވާގިނެތިފައިވުމުގެ ސަބަބުން އަންހެނަކަށް ނުކުރެވޭ ކަންކަން އެބަހުރިކަމަށެވެ. 

އޭނާ ބުނީ ބައްޕައަށް ލިބޭ ފައިސާގައި ނުޖެހޭ ކަމަށާއި، ހަރަދު ކުރަން ގަސްތު ކުރަނީ އެފައިސާއިން ކަމަށެވެ. 

"ބައްޕައަށް ލިބޭ ފައިސާ ހުންނާނެ. ބައްޕަގެ ކަންކަން ކުރަނީ އެފައިސާގައި ނުޖެހި. އެފައިސާއިން ބައްޕަގެ ނެޕީ ބަދަލުކޮށްދޭ މީހުންނަށް ހަރަދު ކުރަން ގަސްތުކުރަނީ " އޭނާ ބުންޏެވެ. 

އޭނާ ބުނަނީ ބޭނުންވަނީ  ދިވެހީން ވާހަކަދައްކަން އެނގޭ މީހުން ކަމަށާއި ބޭނުމަކީ އޭނާއަށް ނުކުރެވޭ ހިދްމަތްތައް ބައްޕައަށް ފުރިހަމަ ކޮށްދިނުން ކަމަށެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް