 
                                                                                                
                    މިގޮތުން މީރާއިން އާންމުކޮށްފައިވާ އުސޫލުތަކަކީ:
ކޮވިޑް-19ގެ ސަބަބުން ޓެކްސް ދައްކާ ފަރާތްތަކާ އާންމު ފަރުދުންގެ ވިޔަފާރިތަކަށް ދިމާވި ހީނަރުކަމަށް ރިޢާޔަތްކޮށް، އެ ފަރާތްތަކަށް ދެވުނު ލުއިއެއްގެ ގޮތުން، ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި އެންފޯސްމަންޓް ފިޔަވަޅު އެޅުން ވަނީ ހުއްޓާލައިފައިކަމަށް މީރާއިން މައުލޫމާތު ދެއެވެ. ނަމަވެސް، 1 އެޕްރީލް 2022 އިން ފެށިގެން، ޓެކުހުގެ ޒިންމާތައް އަދާނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ފަށާނެކަމަށް މީރާއިން މައުލޫމާތު ދެއެވެ. އެހެންކަމުން ޓެކްސް ދައްކާ ފަރާތްތައް އެ ފަރާތްތަކުގެ ޓެކުހުގެ އިލްތިޒާމުތައް ފުރިހަމައަށް އަދާ ކުރުމަށް މީރާއިން އިލްތިމާސްކޮށްފައިވެއެވެ.
މި އުސޫލުތަކަށް ޢަމަލުކުރަން ފެށުމާއެކު މިހާރު ތަންފީޒުކުރަމުންދާ "މީރާގެ އެންފޯސްމަންޓް ޕޮލިސީ" އުވިގެންދާނެކަމަށް މީރާއިން ހާމަކުރެއެވެ.