ads
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު
"ވަގުތު ޖެހުމުން ކުރަންޖެހޭ ކަންކަން ގާސިމް ކުރައްވާނެ"
ވަގުތު ޖެހުމުން ކުރަންޖެހޭ ކަންކަން ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.
ވަގުތު ޖެހުމުން ކުރަންޖެހޭ ކަންކަން ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާޒް މިފަދައިން ވިދާޅުވެފައިވަނީ، ޖުމްހޫރީ ޕާޓީ ސަރުކާރު ހިންގާ ކޯލިޝަނުން ނިކުމެދާނެތޯ ސުވާލު ކުރުމުން އެ ކަމަށް ޖަވާބު ދެއްވައެވެ.

ސީއެންއެމް ޓީވީގެ "އިތުރުކާފު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ، ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުގައި އަންހެނުންނަށް ކައުންސިލްތަކުން ވަކި އަދަދެއް ހާއްސަ ކުރުމަކީ ޤަނޫނުއަސާސީ އާއި ހިލާފު ކަމެއްކަމަށެވެ.

ޤަނޫނު އަސާސީއާއި ހިލާފު ކަމެއް ކުރާއިރު، ސަރުކާރު ކޯލިޝަންގައި ތިބެނީ ކީއްވެތޯ ސުވާލު ކުރުމުން ރިޔާޒް ވިދާޅުވީ، އަދި ނިކުންނަން ނުވާކަމަށެވެ.

"އެ ނިންމުމަކަށް އަންނަންޖެހޭ ހިސާބު އައިސްފިކަމަށް ވަންޏާ ލަހެއް ފަހެއްނެތި އެކަން ނިމޭނެ." ރިޔާޒް ރަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ވާހަކަ ދައްކަވަމުން ރިޔާޒް ރަޝީދު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ކޯޓުތައް އޮންނަނީ "ފްރީ"ކޮށް ކަމަށާއި، ފުލުހުން ބުނި ކަހަލަ އަމުރެއް ކޯޓުތަކުން އޭރު ދެމުން ގޮސްފައިވާކަމަށެވެ. އަދި އެއީ ޖުޑިޝަރީ ހިގަންޖެހޭ ގޮތްނޫންކަމަށް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ، މިއަދު ޖުޑިޝަރީއަށް ގެނެސްފައިވާ ބަދަލަކީ ގެންނަންޖެހޭ ބަދަލެއްކަމަށާއި، އެކަން އެގޮތަށް ކުރަންޖެހުނީ ރައީސް ޔާމީންގެ ވެރިކަމުގައި ކަންކަންކޮށްފައި ހުރި ގޮތުން ކަމަށެވެ.

"މިއަދު ޖުޑިޝަރީއަށް ގެނައި ބަދަލަކީ، ގެންނަންޖެހޭ ބަދަލެއް. ކީއްވެގެންތޯ؟ އޭރުގަ ތިބި މީހުނަށް ގޯސްހެދުނީމަ ބަދަލުގެންނަން ޖެހުނީ." ރިޔާޒް ރަޝީދު ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވީ އިލްމީ ގާބިލު ބޭފުޅުންކަމަށާއި، ކުރިން ސުޕްރީމް ކޯޓުގައި ތިބި ފަރާތްތަކުން ކަންކަން ކުރިގޮތަށް މިހާރު ތިބިބޭފުޅުން އަމަލު ނުކުރައްވާނެ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް