ads
ރައީސް މައުމޫން- ފޮޓޯ: ސަން
ރައީސް މައުމޫން އަށް ލައިފް ޓައިމް އެޗީވްމެންޓް ލިބިވަޑައިގެންފި
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް "މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022" ގެ ލައިފްޓައިމް އެޗީވްމަންޓް އަރުވައިފި އެވެ.
Advertisement

ލައިފްޓައިމް އެޗީވްމަންޓް އެވޯޑަކީ ދިގު މުއްދަތެއް ވަންދެން ކުޅިވަރަށް ހިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ދެވޭ އެވޯޑެކެވެ.

"މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022" ގެ ރަސްމިއްޔާތުގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަރުވާފައިވަނީ ރައީސް މައުމޫން  ހިމެނޭހެން 15 ބޭފުޅަކަށް އަރުވާފައިވެއެވެ. އެ ހަފްލާއަށް ރައީސް މައުމޫނަށް ވަޑައިގެންނެވިފައި ނުވާތީ އެ އެ ވޯޑާއި ހަވާލުވެލެއްވީ ރައީސް މައުމޫން ދަރިކަލުން ފާރި މައުމޫން އެވެ.

ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަރުވާފައިވާ ބޭފުޅުން

  1. ކުރީގެ ރައީސް މައުމޫން
  2. ރައީސް މައުމޫންގެ ވެރިކަމުގައި ކުޅިވަރު ވަޒީރުކަން ކުރެއްވި އަދި މިހާރު އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޒާހިރު ހުސައިން
  3. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައްޕާފުޅު، އަބްދުއްސައްތާރު (ކެނެރީ)
  4. ކުރީގެ ނައިބު ރައީސް އަދި ކުރީގެ ސްޕޯޓްސް މިނިސްޓަރު މުހައްމަދު ވަހީދުއްދީން
  5. ކުރީގެ ސްޕޯޓްސް މިނިސްޓަރު މަރްހޫމް އުމަރު ޒާހިރު 
  6. އޮލިމްޕިކް ކޮމިޓީގެ ކުރީގެ ޗެއާމަން އިބްރާހިމް އިސްމާއީލް 
  7. އެތުލެޓިކްސް އެސޯސިއޭޝަންގެ ކުރީގެ ރައީސް މައިޒާން އަލި މަނިކް
  8. ފީފާ އެސިސްޓެންޓް ރެފްރީ މުހައްމަދު ސައީދު
  9. ކުރީގެ ފީފާ އެސިސްޓެންޓް ރެފްރީ މުހައްމަދު ސައީދު
  10. އަލްމަރްހޫމް ޔޫސުފް ފުޅު (ބާނީ ޔޫސުފް)
  11. ކްރިކެޓަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ފާއިޒު ސަމަދު
  12. ކުޅިވަރަށް ހިދުމަތް ކުރުމުގައި އެފަދަ ދެވަނައެއްނެތް ހަސަން ނިޒާރު (ބޮޑޭ)
  13. ޔޫތު ފުޓްބޯޅަ ކޯޗު ފެނާންޑޯ
  14. ފުޓްބޯޅައިގެ ހިދުމަތްތެރިޔާ މަރްހޫމް އަލީ ނަސީމް
  15. ފުޓްބޯޅައިގެ ހިދުމަތްތެރިޔާ މަރްހޫމް މާދިހް އިސްމާއީލް

މޯލްޑިވްސް ސްޕޯޓްސް އެވޯޑުގެ އަހަރުގެ ކުޅިވަރު ޝަހުސިއްޔަތުގެ މަގާމަށް ދުންވުންތެރިޔާ ހަސަން ސާއިދު އާއި ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުއް ރައްޒާގު ވަނީ ހޮވާފައެވެ. އަދި ރޭގެ ރަސްމިއްޔާތުގައި ސްޕޯޓް އައިކަން އެވޯޑް ލިބިވަޑައިގެންނެވި 16 ބޭފުޅަކަށްވެސް ވަނީ އެވޯޑް ދެއްވާފައެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް