ads
މެމްބަރު ޒަރީރު
މެމްބަރު ޒަރީރަށް ބޮޑެތި ގެވެށި އަނިޔާގެ ތުހުމަތުތަކެއް، ޒަރީރުގެ ވާހަކަތައް ތަފާތު!
ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެމްބަރު ހުސެއިން ޒަރީރު އޭނާގެ ކުރީގެ އަންހެނުން ފާތިމަތު ޝަޒުރާއަށް ގެވެށި އަނިޔާ ކުރާ ކަމަށް ބުނާ ވާހަކަ މެމްބަރު ޒަރީރު ދޮގުކޮށްފި އެވެ.

މިއަދުގެ ވަގުތެއްގައި ވީޑިއޯއަކާއިއެކު ޝަޒުރާ ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ވާގޮތުން ޒަރީރުއާ ކައިވެނިކޮށްގެން ހޭދަކުރެއްވި 17 އަހަރުގެ ތެރޭގައި ތަކުރާރުކޮށް އޭނާއަށް ގެވެށި އަނިޔާކޮށްފައިވެއެވެ. އޭރު އާއިލާ މީހުން ކުރިމަތީގަޔާއި، ރަށްޓެހިން ކުރިމަތީގައި ގެެވެށި އަނިޔާ އާއި ރޭޕު ކުރުމުންވެސް އެހުރިހާ ކަމަކަށް މައާފުކޮށް އާ ދިރިއުޅުމެއް ފެށުމުންވެސް ޝަޒްރާގެ ދިރިއުޅުމަށް ނުފޫޒު ފޯރުވާ އެކި ގޮތްގޮތުން އުނދަގޫ ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ. 

އެ ޕޯސްޓުގައި ބުނެފައިވަނީ ޒަރީރު ކުރަމުންދިޔަ އަނިޔާތަކަށް މި ހުރިހާ ދުވަހު ކެތްތެރިވެގެން ހުރީ ކުދިންނަށްޓަަކައި ކަމަށާއި، އެކަމަކު އެއީ ހެދުނު އެންމެ ބޮޑު ގޯސް ކަމަށެވެ. އަދި ޒަރީރު ފަލީހަތް ކުރަން ބޭނުން ނުވާތީ އެކަން ސިއްރުކޮށްގެން ލިބުނު އަނިޔާތަކަށް ކެތްތެރިވިތަން ފެންނާނެ ކިތަންމެ މީހަކު ހުންނާނެކަން ފާހަގަކުރަމުން އޭނާ ބުނީ، ނަމަވެސް އެވާހަކަތައް މިއަދު ހިއްސާކުރަން ޖެހުނީ ޒަރީރަށް އެކަން ނުވިސްނި އެއްގޮތަކަށް ވުރެ ގިނަ ގޮތްގޮތުން އޭނާއަށް އުނދަގޫކޮށް ދަތިކުރަން ފެށުމުން ކަމަށެވެ. އަދި ދުނިޔޭގެ އިގިލިތަކަށް ލަދަށް މެމްބަރުގެ ސިޔާސަކަން ދެން އެންމެ ސިކުންތު ކޮޅަކަށްވެސް ޓޮލަރޭޓު ނުކުރާނެ ކަމަށް އޭނާ ބުނެފައިވެއެވެ. 

ޝަޒްރާ ވަނީ އެ ޕޯސްޓާއިއެކު 16 ސިކުންތުގެ ވީޑިއޯ ކޮޅެއްވެސް ހިއްސާކޮށްފައެވެ. ވީޑިއޯއިން ޒަރީރު ހަޅޭލަވާ އަޑު އިވެއެވެ. އަދި ޝަޒްރާ ރޯ އަޑާއި، އެދެމީހުންގެ ދަރިފުޅު ލައިޝާ، ޒަރީރު ހަމަޖައްސުވަން ވާހަކަދައްކަން މަސައްކަތްކުރާ އަޑުވެސް އިވެއެވެ. މި ވީޑިއޯއާއިއެކު ޝަޒްރާ ހިއްސާކުރި ޕޯސްޓުން ގިނަ ބައެއްގެ ފާޑުކިއުން މެމްބަރު ޒަރީރަށް އަމާޒުވަމުން ދިއުމާއި ގުޅިގެން އޭނާ ވެސް ވަނީ ޝަޒްރާގެ ތުހުމަތުތައް ދޮގުކޮށް ބަޔާނެއް ނެރެފައެވެ. 

ޒަރީރުގެ ބަސް: ދޮށީ ދަރިފުޅަށް ޝަޒްރާ އަނިޔާ ކުރާ ކަމާއި ދޮން ބައްޕައާއި މެދު ހިތްހަމަ ނުޖެހޭ ވާހަކަ

ސަޒްރާގެ ޕޯސްޓާއި އެ ޕޯސްޓާއި ގުޅުވައިގެން ބައެއް ނޫސްތަކުން ލިޔެފައިވާ ލިޔެފައިވާ ލިޔުންތަށް ހަރުކަށި ޢިބާރާތުން ކުއްވެރި ކޮށް ޒަރީރު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ފޭސް ބުކުގައި ޝަޒްރާ ކިޔާ ފަރާތަކުން ލިޔެ ހާމަ ކޮށްފައިވާ ވާހަކަ ތަކަކީ ކަނޑައެޅިގެން ޙަޤީޤަތާއި ޚިލާފު ވާހަކަ ތަކެއް ކަމަށާއި، ތުހުމަތު ކޮއްފައިވާ ކަންކަމަކީ ޣީރަތްތެރި ކަމުގެ ވިހައިގައި އުފަން ކުރުވާ މަސްނޫޢީ ބުހުތާނެއް ކަމަށެވެ.

ޒަރީރުގެ ބަޔާނުގައި ވާގޮތުން، އިއްޔެ ސ.ހިތަދޫގައި ޒަރީރުގެ ދަރިން ބޭތިއްބުމަށް ޒަރީރު ކުއްޔަށް ހިފާފައިވާ ތަނުގައި އެކުދިންގެ މަންމަ އާއި އެންމެ ދޮށީ އަންހެން ދަރިފުޅާ ދެމެދު ހިތްހަމަ ނުޖެހުން އުފެދި، ޒުވާބު ކޮށް، ދަރިފުޅަށް އަނިޔާވާ ގޮތަށް އަމަލުކޮށް، އަދި ދަރިފުޅަށް އަނިޔާ ވުމާއެކު، ފުލުހުން، އަދި ޖެންޑަ މިނިސްޓްރީން ވަނީ އެތަނަށް ގޮސް، ދެފަރާތާ ވާހަކަ ދައްކާފައެވެ. 

އަދި އޭގެ ފަހުން އެތަނުގައި އޭރު ދިރިއުޅެމުން ދިޔަ ކުދިންގެ މަންމަގެ މިހާރުގެ ފިރިމީހާ، ވަނީ އެގެއިން ނުކުމެފައެވެ. 

"އަޅުގަނޑުގެ އަންހެން ދަރިފުޅު ވަނީ، ދޮން ބައްޕަ އެކުދިންނާ އެކު އެގޭގައި ކައި ބޮއެ ނިދާ ހަދާތީ އެކަމާ ހިތް ހަމަ ނުޖެހިގެން މަންމަ ކައިރީގައި ޝަކުވާ ކޮއްފައެވެ. އަދި އެ އަޑު ނާހާ މަންމަ ދިޔައީ ދަރިފުޅާއި ދޮން ބައްޕަ އާއި ދެމެދު ގާތް ގުޅުމެއް އުފެއްދުމަށް ދަރިފުޅަށް އެކި ގޮތް ގޮތުން ޓޯޗަ ކުރަމުންނެވެ. އަދި މިކަމާ ދަރިފުޅު ދެކޮޅު ހަދާތީ، ދަރިފުޅަށް ދިޔައީ މަންމަގެ ފަރާތުން އަނިޔާ ތަކެއް ލިބެމުންނެވެ. އަދި އެންމެ ފަހުން މި ކަންކަމަށް ކެތް ނުކުރެވިގެން މީގެ 10 ވަރަކަށް ދުވަހުގެ ކުރިން ދަރިފުޅު އަޅުގަނޑަށް ގުޅާފައި މިކަންކަން ޙިއްސާ ކޮއްފައި ވެއެވެ." ޒަރީރުގެ ބަޔާނުގައި ވެއެވެ.

ދަރިފުޅު އެވާހަކަތައް ހިއްސާ ކުރުމާއެކު، އެ ކުދިންގެ މަންމަ އަށް ގުޅާފައި އެންމެ ދޮށީ އަންހެން ދަރިފުޅުގެ ހިތްހަމަ ނުޖެހުން އޮތުމާއެކު، އެކުދިން ދިރިއުޅުމަށް ޒަރީރު ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓުގައި ފިރިމީހާ އާއި އެކު ނުނިދުމަށް އެދިފައި ވާނެ ކަމަށާއި، އެޕާޓްމަންޓް އަށާއި އެތަނުގައި ތިބި ހުރިހައި ދަރިންނަށް ކުރާ އެންމެހައި ޚަރަދު ތަށް ކުރަނީ ސީދާ ޒަރީރު ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި ވާގޮތުން މީގެ ކުރިންވެސް މަންމަގެ ފަރާތުން ދަރިފުޅަށް ވަނީ މިފަދަ އެކިވަރުވަރުގެ އަނިޔާތަށް ލިބިފައެވެ. މި އަނިޔާތަށް ފެށިފައި ވަނީ ދޮންބައްޕައާ އެކު ގާތް ގުޅުމެއް ބޭއްވުމަށް މަންމަ އެދެންފެށުމާއެކު އެކަމަށް އެންމެ ދޮށީ އަންހެން ދަރިފުޅު ދެކޮޅު ހެދި ހިސާބުން ފެށިގެން ކަމަށް ބުނެފައިވެއެވެ. އަދި ދަރިފުޅުގެ އަތުން ދޮންބައްޕަ އަށް ފެންތަށި ބަހައްޓައިދޭ ގޮތުންވެސް ހިތް ހަމަ ނުޖެހިގެން އެކި ފަހަރު މަތީން މަންމަ އެކުއްޖާ އަށް
އަނިޔާ ކޮއްފައިވާކަމަށް ކުއްޖާ ބުނާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އާމިނަތު ޝަޒުރާ އެވެ ކިޔާ ފަރާތުން ބަޔާން ކޮއްފައިވާ ގޮތަށް ދުވަހަކުވެސް އެފަރާތަށް އެއްވެސް އަނިޔާ އެއް ކޮއްފައެއް ނުވާނެއެވެ. އެފަރާތުގެ އެވާހަކަ ތަކަކީ އެއްވެސް ޙަޤީޤަތެއްނެތި، ދައްކާފައިވާ ދޮގުވާހަކަ ތަކެކެވެ. އަދި އެވާހަކަތަށް ކުއްލި އަކަށް ދައްކަން ފެށީ، އިއްޔެ ދޮށީ އަންހެން ދަރިފުޅަށް ޓޯޗަ ކުރި ޙާދިސާ އާއި ގުޅިގެން އެ އެޕާޓްމަންޓަށް ފުލުހުންނާއި ޖެންޑަ މިނިސްޓްރީގެ ކަމާ ބެހޭ ފަރާތް ތަކުން ގޮސް އެ މައްސަލަ ތަޙްޤީޤު ކުރަން ފެށުމާއެކު، އަޅުގަނޑުގެ އަގު ވައްޓާލާ އަބުރު ކަތިލުމުގެ ނުބައި ނިޔަތުގައެވެ." ޒަރީރުގެ ބަޔާނުގައި ވެއެވެ.

ޒަރީރު ވަނީ ފޭސްބުކް ގައި މީހަކު ލިޔެފައި އޮތް އެއްޗަކާ ހަވާލާދީ، އެއްވެސް ތަޙްޤީޤަކާ ނުލައި، އަދި އޭނާގެ
ބަހެއް ހޯދުމަކާ ނުލާ، ދެ ނޫހަކުން ލިޔެފައިވާ ލިޔުމަކީ ގަސްދުގައި އަގު ވައްޓާލާ، އަބުރު ކަތިލުމަށްޓަކައި ޒިންމާދާރު ކަމެއް ނެތް، ނޮންޕްރޮފެޝަނަލް އަދި އެއްވެސް ތަޖުރިބާއެއް ނެތް އަދި ނޫސްވެރިކަމުގެ އަހުލާޤީ މިންގަޑާ ވެސް ޚިލާފު ޣައިރު ޒިންމާދާރު ޢަމަލެއް ކަމުގައި ދެކޭ ކަމަށް ވިދާޅުވެ އެކަންވެސް ކުއްވެރި ކޮށްފައެވެ.

މިަބަޔާނާއި ގުޅިގެން ޝަޒްރާ ވެސް ވަނީ އެއީ ދޮގެއްކަން ސާބިތުކޮށްދިނުމަށް ބައެއް ފޯނުކޯލުތަކުގެ ރެކޯޑިންވެސް މީޑިއާގައި ފަހުން ހިއްސާކޮށްފައެވެ. 

ޝަޒްރާ ބުނީ ތިން ފަށް ވަރިއަކުން ވަރިކުރުމުން އެހެން ހަޔާތެެއް ފެށީ ޒަރީރު އާއި ދެވަނަ ފަހަރަށް ގުޅެން ފަށްކަނޑަން ނޫންކަން ޒަރީރު ގަބޫލުކުރެއްވުމަށް އެެދޭ ކަމަށާއި، އެމަނިކުފާނުވެސް ދިރިއުޅެ އޭނާވެސް ދިރިއުޅުނަ ދިނުމަށް އެދިފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް