ads
މަޖިލީހުގެ ޖަލްސާއެއްގައި ނަޝީދު ވާހަކަ ދައްކަވަނީ. ފައިލްފޮޓޯ
އިންތިހާބުތަކުގައި ޕީޕީއެމްއިން ވާދަކުރާތީ ހަމަ އަޖާއިބުވޭ: ނަޝީދު
އިންތިހާބުތަކުގައި ޕީޕީއެމްއިން ވާދަކުރާތީ ހަމަ އަޖާއިބުވެވަޑައިގަންނަވާކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެެެއެވެ.

ކުރެންދޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓު އަލީ ނަސީމަށް ތާއީދު ހޯދުމަށް ރޭ އެ ރަށު ދެކުނު އަވަށު މައިޒާނުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ޕީޕީއެމްއަކީ ލާމަރުކަޒު ކުރުމާއި އިދިކޮޅު ބައެއް ކަމަށްވާއިރު, ރައީސް ޔާމިން ''މާލޭ  ކައިރީ ހިއްކި ހަނަފަސް ތަނަކަށް ރާއްޖޭގެ ހުރިހާ ރައްޔިތުން ގެނެސް ޖަމާކުރި'' ކަމަށެވެ.

''އަޅުގަނޑު ކޮންމެ ފަހަރަކު ވެސް އަޖާއިބުވާކަމެއް މީ އެ ބޭފުޅުން މި އިންތިހާބުތަކުގާ ވާދަކުރާތީ. ރައީސް ޔާމިން ވަރަށް ސާފުކޮށް އެބަ ވިދާޅުވޭ އެ ބޭފުޅާގެ ތަސައްވުރަކީ ޕީޕީއެމްގެ ތަސައްވުރަކީ މި ކުރެންދޫ އުވާލުމޭ.'' ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކުރެންދޫގެ ތަރައްގީއަށް ޕީޕީއެމްގެ ވިސްނުމެއް ގެނެވޭނީ އެ ބޭފުޅުން ކުރެންދޫ އޮތުމަށް ވިސްނާ ވިސްނުމެއް ފުރަތަމަ ވިސްނައިގެންކަމަށެވެ. ނަމަވެސް އެ ބޭފުޅުންގެ ތަރައްގީގެ ތަސައްވުރަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން މާލެ ކައިރިއަށް ގެނައުންކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ފާދިއްޕޮޅުގެ ވަރަށް ބޮޑު ތަސައްވުރެއް އޮންނަ ކަމަށާއި, އެއީ ނައިފަރާއި ހިންނަވަރާއި ގުޅުވައިލުން ކަމަށެވެ. އަދި ހިންނަވަރާއި ނައިފަރާއި ގުޅައިލެވިއްޖެނަމަ ރާއްޖެއަށް ބޮޑެތި ބަދަލުތައް އަންނަތަން ފެނިގެންދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ރަށް ހިއްކުމަށްވުރެ އެއް ރަށާއި އަނެއް ރަށް ގުޅައިލުން މާ ބުއްދިވެރި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް