ads
އިންތި ގއ.ދެއްވަދޫގައި. ފޮޓޯ:ސިމްވާ/ޓްވިޓާ
ރައީސް ނަޝީދު ބާކީކޮށްގެން އެމްޑީޕީއަށް ކާމިޔާބުވާނެ އިންތިހާބެއް ނެތް: އިންތި, އީވާ
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބާކީކޮށްގެން އެމްޑީޕީއަށް ކާމިޔާބުވާނެ އިންތިހާބެއް ނޯންނާނެކަމަށް އެ ޕާޓީގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.
Advertisement

އިންތިގެ ކެމްޕޭން ޓީމުން މި ހަފުތާ ބަންދުގައި ކެމްޕޭނު ކުރަމުން ދަނީ ހުވަދު އަތޮޅުގެ ރަށްރަށުގައެވެ. އެ ގޮތުން ގއ.ދާންދުއަށް މިއަދު ވަޑައިގެން އެ ރަށުގެ އެމްޑީޕީ މެންބަރުންނާއި މުހާތަބު ކުރައްވައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ އެމްޑީޕީ ބައިބައި ކުރުމަށް ބަޔަކު އެބަ މަސައްކަތް ކުރާ ކަމަށާއި, އެއީ ހަގީގަތެއް ކަމަށެވެ. ހަމައެހެންމެ ޕާޓީތެރެއިން ނަޝީދު ބޭރުކުރަން މަސައްކަތް ކުރާ ކަމަށާއި, ނަމަވެސް އެ ޖާގަ ދެވިގެންނުވާނެކަމަށް އިންތި ވިދާޅުވިއެވެ.

''ޕާޓީ ބައިބައިކުރުމަށް ބަޔަކު އެބަ މަސައްކަތް ކުރޭ. އެބަ މަަސައްކަތް ކުރޭ. މީ ހަގީގަތެއް. މި ޖާގަ ދެވިގެން ނުވާނެ. މި ޕާޓީން ރައީސް މުހައްމަދު ނަޝީދު އެއްފަރާތް ކުރުމުގެ ޖާގައެއް ނުދެއްވާނެ މި ޕާޓީގެ އާންމު މެންބަރުންނެއް.'' އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ދާންދޫގެ ރައްޔިތުންނަށް ވެސް އަދި އެމްޑީޕީގެ މެންބަރުންނަށް ވެސް ރައީސް ނަޝީދަކީ ކޮން ބޭފުޅެއްކަން ރަނގަޅަށް އެނގޭނެ ކަމަށެވެ. އަދި އެ މަނިކުފާނު އެމްޑީޕީއަށް ވެވަޑައިގެންނެވި ގުރުބާނީ މިއަދާއިި ހަމައަށް ވެސް ހިފަހައްޓަވަމުން ގެންދަވާކަން އިންތި ފާހަގަކުރެއްވިއެވެ.

‏“ބޮންގޮއްވާލީމަ ވެސް ޖެހިގެން އޮތް ދުވަހު މި ޕާޓީ ހިފެހެއްޓެވުމަށް ނިކުމެވަޑައިގަތީ އެ މަނިކުފާނު. އެ މަނިކުފާނު ބާކިކޮށް ލިބޭނެ ރިޔާސީ އިންތިހާބެއް ވެސް ނޯންނާނެ. ކާމިޔާބު ކުރާނެ އެއްވެސް ގޮތެއް ނޯންނާނެ.'' އިންތި ވިދާޅުވިއެވެ.

ދާންދޫގެ އެމްޑީޕީ މެންބަރުންނާއި މުހާތަބު ކުރައްވައި ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބު ކައިރިވަނީ ކަމަށާއި, އެމްޑީޕީ ބައިބައިކޮށްގެން ރައީސް ނަޝީދު ބޭރުކޮށްގެން ލިބޭނެ އެއްވެސް ކާމިޔާބެއް ނެތް ކަމަށެވެ.

''ރައީސް ނަޝީދު މި ޕާޓީން ބާކީކޮށްގެން މި ޕާޓީއަށް ކާމިޔާބުކުރެވޭނެ އިންތިހާބެއް ނޯންނާނެ. ނޯންނާނެ'' އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ 2023 ކާމިޔާބުކުރަން ބޭނުންވާނަމަ ''އެއް އަޑަކުން އެއް ހަރަކުން އެއް އަސާސްތަކެއްގަ'' ހިފައިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ޕާޓީ ބައިބައި ނުކުރާނީ ވެސް, ޕާޓީ އެއްގޮތެއްގައި ބާއްވާނީ ވެސް އިންތިކަމެދަކު ޝައްކެއް ނެތްކަމަށް ވެސް އީވާ ވިދާޅުވިއެވެ.

އަންނަ މެއި މަހުގެ 14 ގައިި ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އިންތިގެ އިތުރުން ދެން ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް