ads
ޒްލަޓާންގެ ފިލްމުގެ ޕޯސްޓަރ
ޒްލަޓާންގެ ހަޔާތަށް ފިލްމެއް
މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ސްވިޑްންގެ ޒްލަޓާން އިބްރޮހޮމަވިޗްގެ ހަޔާތުގެ މައްޗަށް ބަލައިލާ ފިލްމެއް ތައްޔާރުކޮށްފިއެވެ. ހުކުރު ދުވަހު ޕްރިމިއަރ ކުރި މި ފިލްމުގެ ނަމަކީ، "ޔޯގާރު ޒްލަޓާން" ނުވަތަ އަހަރެންނަކީ ޒްލަޓާންއެވެ.

އުމުރުން ސާޅީސް އަހަރުގައި އަދިވެސް އެންމެ މަތީ ފެންވަރުގައި ބޯޅަ ކުޅެމުން އަންނަ ޒްލަޓާންގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ މި ފިލްމުގައި ހުށަހަޅާދީފައިވަނީ ޒްލަޓާން އޭނާ ކުޑައިރުގެ ހަޔާތުގެ މައްޗަށެވެ. މިހާރު މިލިއަނެއްގެ ކަމުގައިވެފައިވީ ނަމަވެސް ޒްލަޓާން އަކީ ސްވިޑިންގެ ފަގީރު އާއިލާއަކަށް ނިސްބަތްވެ ފަގީރު ހާލަތުގައި ބޮޑުވި މީހަކެވެ.

ފިލްމު ފަށާފައިވަނީ އުމުރުން އެންމެ ބާރަ އަހަރުގައި ޒްލަޓާން ބޯޅަ ކުޅުމުގެ ތެރެއަށް ރަސްމީކޮށް ވަތް ހިސާބު ހުށަހަޅައިދެމުންނެވެ. ސްވިޑްންގެ ފަގީރު ހިސާބެއްގައި މަގުމަތީގައި ބޯޅަ ކުޅެން ފެށި ޒްލަޓާންއަކީ އެ ގައުމުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއެވެ.

އުމުރުން ސާޅީސް އަހަރުގައި އޭނާ މިހާރުވެސް އަންނަނީ މޮޅު ކުޅުމެއް ކުޅެމުންނެވެ. މިހާރު އިޓަލީގެ އޭސީ މިލާނަށް ކުޅެމުން އަންނަ ޒްލަޓާންވަނީ އަޔެކްސް، މެންޗެސްޓަރ ޔުނައިޓެޑް އިންޓަރމިލާން ބާސެލޯނާ އަދި އެމެރިކާގެ އެލްއޭ ގެލެކްސީއަށް ކުޅެފައެވެ. އޭނާވަނީ އޭނާ ކުޅުނު ކޮންމެ ޓީމެއްގައިވެސް އެތައް ކާމިޔާބެއް ހޯދާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް