ads
އެމްއާރުއެމް އުފެއްދުމަށް ބޭއްވި ޖަލްސާގެ ނިމުން ފާހަގަ ކުރުމުގެ ތެރެއިން--
3 މަހުގެ މާ ކުރިން މެންބަރުން ހަމަކުރާނަން: އެމްއާރްއެމް
ނޯޓިސް ދިން ކަމުގައިވި ނަމަވެސް މުއްދަތު ހަމަވުމުގެ ކުރިން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަށް މެންބަރުން ހަމަކުރާނެކަމަށް އެ ޕާޓީން ބުނެފި އެވެ.
Advertisement

ސިޔާސީ ޕާޓީތަކާބެހޭ ގާނޫނުގައިވާ ގޮތުން ޕާޓީއެއްގައި 3000 މެންބަރުން ހަމަވާން ޖެހެއެވެ. އެ އަދަދު ނެތްނަމަ ތިންމަސް ދުވަހުގެ ތެރޭގައި އެ އަދަދު ހަމަކުރަން ޖެހެއެވެ. ހަތަރު ޕާޓީއެއްގައި މިހާރު ވަނީ އެ އަދަދަށް ވުރެ މެންބަރުން މަދުވެފައެވެ. 

އެ ގޮތުން މޯލްޑިވްސް ރިފޯމް މޫމްވްމެންޓް (އެމްއާރްއެމް) ގައި މިހާރު ތިބީ 2302 މެންބަރުންނެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (ޑީއާރްޕީ) 2280 މެންބަރުން ތިބިއިރު, މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) ގައި ތިބީ 2489 މެންބަރުންނެވެ. ހަމައެހެންމެ މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީ) 2022 މެންބަރުންނެވެ.

އިލެކްޝަން ކޮމިޝަނުން މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުވުމެއްގައި ނިންމާފައިވަނީ 3000 މެންބަރުން ހަމަނުވާ ޕާޓީތަކަށް ނޯޓިސް ދިނުމަށެވެ. އަދި ތިންމަސް ދުވަހުގެތެރޭގައި މެންބަރުން ހަމަ ނުކުރެވިއްޖެނަމަ އެ ޕާޓީތައް އުވާލުމުގެ މަސައްކަތް ފަށަން  ވެސް އީސީން ވަނީ ނިންމާފައެވެ.

އެކަމާ ގުޅިގެން އެމްއާރްއެމްގެ ތަރުޖަމާނު އަބްދުލް އަލީމް އާދަމް ''ސީއެންއެމް''އަށް ވިދާޅުވީ އެމްއެންޕީ ރަޖިސްޓްރީވުމާއި ހަމައަށް އެ ޕާޓީގައި 3200 މެންބަރުން ތިބޭނެ ކަމަށާއި, އެމްއާރްއެމްއިިން މެންބަރުންގެ އަދަދު މަދުވީ, ޕާޓީގެ ބައެއް މެންބަރުންނަށް ނޭނގި އެމްއެންޕީއަށް ވައްދާފައިި ތިބުމުގެ ސަބަބުން ކަމަށެވެ. 

އެ ގޮތުން ޕާޓީގެ އަންހެނުން ކައުންސިލުގެ މެންބަރުން ވެސް ގެންގޮސްފައިވާ ކަމަށާއި, އެކަން ކޮށްފައިވަނީ އެ މެންބަރުންނަށް ނޭނގި ކަމަށެވެ.

އެމްއެންޕީއަކީ ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވައި އުފައްދަވާފައިވާ ޕާޓީއެކެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި  އެ ޕާޓީ ހިމަނާފައިވަނީ މިދިޔަ އޮކްޓޫބަރު 25 ގައެވެ. 

އަލީމް ވިދާޅުވީ އެ ގޮތަށް ނޭނގި އެމްއެންޕީީއަށް ގެންގޮސްފައި ހުރިކަން ފާހަގަވެެގެންދިޔަ މެންބަރުންނަށް ގުޅައި ފޯމުތައް އަލުން ފުރާފައި އިލެކްޝަނަށް ހުށަހަޅާފައިވާ ކަމަށާއި, މިހާރު ވެސް ފޯމު ފުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދާ ކަމަށެވެ. އަދި އީސީން ނޯޓިސްދޭ ހިސާބުން ފެށިގެން އެ އޮންނަ ތިން މަސް ދުވަހުގެ މުއްދަތު ހަމަވުމުގެ މާކުރިން 3000 މެންބަރުން ހަމަކުރެވޭނެކަމަށް ވެސް އަލީމް ވިދާޅުވިއެެވެ.

މި ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމްއަކީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދެވި ތިންވަނަ ސިޔާސީ ޕާޓީއެވެ. އެ ގޮތުން އެންމެ ފުރަތަމަ އުފެއްދެވީ ޑީއާރްޕީއެވެ.  އޭގެފަހުން  އުފެއްދެވީ ޕީޕީއެމްއެވެ. ނަމަވެސް ބައެއް ސަބަބުތަކާ ހެދި އެ މަނިކުފާނުގެ އަތުން ޕާޓީ ބީވެގެން ދިއުމުން  އެމްއާރްއެމް އުފެއްދެވީއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް