ads
މިއަދު ލިބުނު އެމްބިއުލާންސްތައް-----
އިތުރު 21 އެމްބިއުލާންސް ރާއްޖެ ގެނެސްފިި
ގެންނަން ވައުދުވި 96 އެމްބިއުލާންސްގެ ތެރެއިން އިތުރު އެމްބިއުލާންސްތަކެއް ރާއްޖެ ގެނެސްފި އެވެ.

އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްއާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) އާއެކު ހެލްތު މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 10ވަނަ ދުވަހު ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން މިހާތަނަށް ތިން ބުރަކު މި އެމްބިއުލާންސްގެ އެކި ޕްމެންޓުތައް ރާއްޖެ ގެނެސް ޖުމްލަ 41 އެމްބިއުލާންސް އެކި ރަށްތަކާއި ވަނީ ހަވާލުކޮށްފައި ކަމަށް މިނިސްޓްރީން ބުނެއެވެ.

އެސްޓީއޯ އިން މިއަދު ވަނީ ހަތަރު ވަނަ ޕްމެންޓް ރާއްޖެ ގެނަސްފައެވެ. މިފަހަރުވެސް 21 އެމްބިއުލާންސް ވަނީ ގެނެސްފައެވެ. އެސްޓީއޯ އިން ބުނީ އެ އެމްބިއުލާންސްތައް ފޮނުވަން ޖެހޭ ރަށްތަކަށް ވަރަށް އަވަހަށް ފޮނުވާނެ ކަމަށެވެ.

އަތޮޅުތަކަށް އެމްބިއުލާންސް ގެނެއުމަށް އެސްޓީއޯއާއި ހަވާލުކޮށްފައިވަނީ މާލޭގައި އެމްބިއުލާންސްގެ ހިދުމަތް ދިނުން ލަސްވުމުގެ ސަބަބުން އުމުރުން 10 އަހަރުގެ ކުޑަކުއްޖަކު ނިޔާވި ހާދިސާއެއް މިދިޔަ އަހަރު ހިގުމުންނެވެ. 

އެދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، އެމްބިއުލާންސްގެ ހިދުމަތް އިތުރަށް ފުޅާވެގެން ދިޔުމުން އަތޮޅުތެރޭގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި އެމްބިއުލާންސްގެ ހިދުމަތަކީ ކޮންމެ ރަށަކަށް ވެސް މުހިންމު ހިދުމަތެއްކަން ފާހަގަކުރައްވައި، ބައެއް ރަށްތަކުގައި އެމްބިއުލާންސް ހަލާކުވެ ހިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވަމުންދާކަމަށް ވެސް މިނިސްޓަރު ނަސީމް ވިދާޅުވި އެވެ. 

ނަމަވެސް އަދިވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި އެމްބިއުލާންސް ނެތުމުގެ ސަބަބުން ބަލި މީހުން އުފުލުމުގައި ތަކުލީފުތަކެއް އުފުލަން ޖެހިފައި ވެއެވެ. އެގޮތުން ބައެއް ފަހަރު ގާޑިޔަލުގައި ނޫނީ ބަރޯގައި ނުވަތަ ޕިކަޕެއްގައި ބަލިމީހުން އުފުލަން ޖެހިފައި އެބަހުއްޓެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް