އެގޮތުން ޕްރިޔަންކާ ވަނީ އެމެރިކާގައި މިފަހުން އިންޑިއާގައި ފާހަގަ ކުރާ ހޯލީ ވެސް ފާހަގަ ކޮށްފަ އެވެ. ފިރިމީހާ ނިކް ޖޯނަސް އާއި އާއިލާ އަދި ރައްޓެހިން އެކު ހޯލީ ފާހަގަ ކޮށް ނަގައިފައިވާ ފޮޓޯ ވަނީ އިންސްޓަ ގްރާމް މެދުވެރިކޮށް ސަޕޯޓަރުންނަށް ހިއްސާ ކޮށްފަ އެވެ.
އެގޮތުން 2000 ވަނަ އަހަރު މިސް ވޯރލްޑް ހާސިލް ކޮށްފައިވާ ބަތަލާއަކީ އަބަދު ވެސް އިންޑިއާގެ ސަޤާފަތަށް ލޯބިކުރާ ފަންނާނެއްް ކަމަށް ދަނީ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.
ޕްރިޔަންކާ އަކީ ބޮލީވުޑްގެ އިތުރުން ހޮލީވުޑްގައި ވެސް އޭނާގެ ކާމިޔާބު އެތައްް ފިލްމެއް ކުޅެފައިވާ ފަންނާނެކެވެ.
ބޭރުގެ ހަބަރުތަކުން ބުނާ ގޮތުގައި ޕްރިޔަންކާ ބޮލީވުޑް އިން ދެން ފެންނާނީ ފަރްޙާން އަޙްތަރުގެ "ޖީލޭޒަރާ" އިންނެވެެ. މި ފިލްމުގައި އާލިއާ ބަޓްގެ އިތުރުން ކެޓްރީނާ ވެސް ފެނިގެންދާނެ އެވެ.