ads
އިއްޔެ ހަވީރު ހިނގި ހާދިސާގެ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް.
އިމާރާތެއްގެ މަތިން ފިލާގަނޑަކާއި ދަނގަނޑުބުރިތަކެއް ވެއްޓި ނުރައްކާތެރި ހާދިސާއެއް
މާލޭގެ އިމާރާތެއްގެ މަތިން ފިލާގަނޑެއް ވެއްޓި އެ ސަރަހައްދުން ދުއްވާފައި ދިޔަ މީހަކަށް އަނިޔާ ވެއްޖެ އެވެ.
Advertisement

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގެ މާވެޔޮމަގުގައިި ހުރި އިމާރާތެއްގެ މަތިން ފިލާގަނޑެއް ވެއްޓި މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބުނީ އިއްޔެ ހަވީރު 17:25 ހާއިރުގައި ކަމަށެވެ.

އެ ގޮތުން މި ހާދިސާގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހަމައެހެންމެ މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާގައި އަނިޔާވި މީހާ އާއިި ބެހޭ އިތުރު މައުލޫމާތެއް ލިބޭ  ގޮތެއް ނުވެއެވެ. ސީއެންއެމްއިން ގުޅައިލުމުން އައިޖީއެމްއެޗުން ބުނީ ލިބުނު އަނިޔާގެ މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށެވެ.

މި ހާދިސާގެ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ފިލާގަނޑެއްގެ އިތުރުން އެ މީހާގެ ބޮލަށް ދަނގަނޑުބުރިތަކެއް ވެސް ވެއްޓެ އެވެ. އެ ގޮތުން އެތާ ހުރި ސައިކަލުތަކަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ.

މާލޭގައި މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގައި މީހުންގެ ފުރާނައަށް ވެސް ގެއްލުންވެފައި އެބަހުރިއެވެ. އެ ގޮތުން 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 16 ވަނަ ދުވަހުގައި ޑަބްލިޔު ކޮންސްޓްރަކްޝަނުން ހަދަމުންދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއެއްގެ ދަށުވެ ބަންގްލަދޭޝްގެ ކުއްޖަކު ވަނީ މަރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް