ads
ދަރަނބޫދޫގައި ރޯކޮށްލި ސައިކަލު
ދަރަނބޫދޫ: ސައިކަލެއްގައި ހުޅުޖަހައި އަޅިއަށް ހަދާލައިފި
ފ.ދަރަނބޫދޫގައި ސައިކަލެއްގައި އަލިފާން ރޯކޮށްލައިފިއެވެ.

ފުލުހުން ބުނީ ދަރަނބޫދޫގައި ސައިކަލެއްގައި އަލިފާން ރޯކޮށްލި މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ  ކަމަށެވެ.

ނަމަވެސް މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯކޮށްލި ސައިކަލަކީ އެ ރަށު ހާބަރު މަސައްކަތްކުރާ ސައިޓް ސްޕަވައިޒަރެއްގެ ސައިކަލެކެވެ. 

ދަރަނބޫދޫގައި ސައިކަލެއްގައި އަލިފާން ރޯކޮށްލާފައިވާއިރު, މިދިޔަ މަހުގެ 17 ވަނަ ދުވަހުގެރޭގެ ދަންވަރުގެ ވަގުތެއްގައި ނ.މިލަދޫ ޕޮލިސް ޑެސްކުގައި މަސައްކަތް ކުރަމުން އަންނަ ފުލުހެއްގެ ސައިކަލުގައި ވެސް ވަނީ ރޯކޮށްލާފައެވެ. 

ހަމައެހެންމެ ކުޅުދުއްފުށި ސިޓީގެ ގެއެއްގައި ބަހައްޓައިފައި ހުރި ސައިކަލުތަކެއްގައި އަލިފާން ރޯކޮށްލައިފައިވާ މައްސަލައެއް މިދިޔަ އަހަރުގެ ޖޫންމަހުގެ 11 ވަނަ ދުވަހުގެރޭ ދަންވަރު ފުލުހުންނަށް ހުށަހެޅިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް